ޤައުމީ ދިދަ އޮޅުވާލައިފިނަމަ ޤައުމުތަކުން ކަން ކުރަނީ ކިހިނެއް؟

ޓިއުނީޝިއާގައި އޮޅިގެން ސަރުކާރު އިމާރާތެއްގައި އެޤައުމުގެ ދިދައިގެ ބަދަލުގައި ތުރުކީގެ ދިދަ ނަގައިފިއެވެ. ކޯޓުން ވަނީ 4 މީހުން ބަންދުކުރަން އަމުރު ކޮށްފައެވެ. މި ސޮރުމެންނަށް ޓިއުނީޝިއާގެ ދިދަ ކަމަށް އޮޅިގެން ތުރުކީ ދިދަ ނެގުނީ ޓްރާންސްޕޯޓު މިނިސްޓްރީ ދަށުން ހިންގާ ރޭލްވޭގެ އޮފީސް ބިންޑިންގގެ މަތީގައެވެ. ޓިއުނީޝިއާގެ ދިދައާއި ތުރުކީ ދިދައާ ވައްތަރު ގޮތެއް ހުރެއެވެ. ނަމަވެސް ދެ ޤައުމުގެ ކުލަތައް ތަފާތެވެ.

މިއީ ޓިއުނީޝިއާގައި ދިދައިގެ މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މި ދިޔަ މޭ މަހުވެސް ސުއިމިންގ އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގައި ޓިއުނީޝިއާގެ ދިދަ ނުނެގުމުން ރައީސް ޤައިސް ސަޢިއްޔިދު ވަނީ ސުއިމިންގ އެސޯސިއޭޝަން އުވާލައްވައި މަސްއޫލުވެރިންނާ ދެކޮލަށް ފިޔަވަޅު އަޅުއްވާފައެވެ.

ހިއްސާ ކުރައްވާ!