ސެނެގާލް: އުނދަގު ބޮޑުވުމުން ޕާލަމެންޓު އުވައިލައްވައިފި

ސެނެގާލްގެ ރައީސް އެޤައުމުގެ ޕާލަމެންޓް އުވައިލައްވައިފިއެވެ. ރައީސް ބަޝީރު ދިއޯމާއި ފާއި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލު ކުރާ ޕާލެމެންޓާއެކު މައްސަކަތް ކުރަން އުދަނގޫ ކަމަށެވެ. ޕާލަމެންޓުން ވަނީ ރައީސް ބަޝީރު އެދިވަޑައިގަތް ގޮތަށް ބަޖެޓު ފާސްކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

54 ޕަސެންޓުގެ ވޯޓާއެކު އިންތިޚާބުވެ ވަޑައިގަތް ބަޝީރަށް ޕާލަމެންޓްރީ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރެއްވޭނެ ކަމަށް މުހައްލިލުން ދެކެއެވެ.

އޭނާ ރިއާސީ އިންތީޚާބު ކާމިޔާބު ކުރެއްވީ ޤައުމުގެ އިސްރާފު ބޮޑު މުއައްސަސާތައް އިޞްލާޙު ކުރެއްވުމުގެ ވަޢުދާއެކުގައެވެ.

ހިއްސާ ކުރައްވާ!