ކޭޖްރީވާލް ޖަލުން މިނިވަން ކޮށްފި

ހަމަސް ދުވަސްވަންދެން ޖަލުގައި ތެޅުވުމަށް ފަހު އަރްވިންދު ކޭޖްރީވާލް ޖަލުން މިނިވަން ކޮށްފިއެވެ. ކެޖްރީވާލް މިނިވަންވީ އިންޑިއާގެ މަތީ ކޯޓޫން އޭނާ މިނިވަންކުރުމަށް އަމުރު ކުރުމުންނެވެ. އޭނާ ޖަލަށް ލާފައި ވަނީ ކޮރަޕްޝަންގެ މަައްސަލާގައެވެ. ނަމަވެސް ސަޕޯޓަރުން ބުނާ ގޮތުގައި މިއީ މޮދީގެ ސަރުކާރުން އިދިކޮޅު އަޑު ނައްތާލުމަށް ކުރަމުންދާ މަސައްކަތުން ބައެކެވެ.

ސުޕްރީމް ކޯޓޫގެ ދެ ގާޒީންގެ ބެންޗަކުން ބުނެފައި ވަނީ ކޭޖްރީވާލް ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ދިގު ދެމިގެންދާ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 

ހިއްސާ ކުރައްވާ!