ފްރާންސްގައި ރޭޕްކުރުމާ ދެކޮޅަށް މުޒާހަރާ ކޮށްފި

ފްރާންސްގެ ސިޓީތަކުގެ އެކި ހިސާބުތަކުގައި މީހުން މަގުތަކަށް ނުކުމެ ރޭޕް ކުރުން ހުއްޓުވުމަށް އެދިގެން މުޒާހަރާ ކޮށްފިއެވެ. މީހުން މުޒާހަރާކޮށްފައި ވަނީ، ޖިންސީ އަނިޔާގެ ޝަރީޢަތުގައި ދައުވާ ލިބޭ ފަރާތަށް ތާއީދުކޮށެވެ.

މަސްތުވާތަކެތި ބޭނުންކޮށްގެން އަންހެނުން ރޭޕްކުރުމާ ދެކޮޅަށް މުޖުތަމަޢަ ހޭލުންތެރި ކުރުވުމަށްޓަކައި ޖިސެލް ޕެލިކޯ ވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން އޭނާގެ ކުރީގެ ފިރިމީހާ އާއި އެކު ދައުވާ ލިބޭ 50 މީހުންގެ ޝަރީއަތް ދުރަށް ދެއްކުމަށް އެދިފަ އެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ޑޮމިނިކް ޕެލިކޯ ވަނީ އަނބިމީހާ މަސްތުކޮށް ބާއްވައިގެން ހިލޭ ފިރިހެނުން ލައްވައި އޭނާ ރޭޕް ކުރުވާފައެވެ. އަދި އެމީހުން އެކަން ކުރާ އިރު އެމަންޒަރު ބަލައިގެން އޭނާ ލައްޒަތު ހޯދާފައި ވެއެވެ.

ގުޅުން ހުރި ލިޔުން:

މަސްތުކޮށްގެން އަންހެނުން ރޭޕް ކުރުވި މީހާގެ ޝަރީއަތް ހުއްޓިއްޖެ

މުޒާހަރާ ކުރި މީހުން ބުނަމުން ދިޔައީ އަހަރެމެން އެންމެންނަކީ ޖިސެލް ކަމަށެވެ. “އޭ ރޭޕް ކުރާ މީހާއެވެ! އަހަރަމެން ކަލޭ ފާހަގަ ކުރަމުއެވެ! އަނިޔާ ލިބުނު މީހާއެވެ! އަހަރަމެން ތިބާއަށް ހަމްދަރްދީވަމެވެ!” މީހުން ގެން ގުޅުނު ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ.

 

ހިއްސާ ކުރައްވާ!