އިންޑިއާއިން ބާސްމަތީ އެކްސްޕޯޓު ކުރާ އަގު ކޮންޓްރޯލު ކުރުން ހުއްޓާލައިފި

އިންޑިއާއިން ބާސްމަތީ އެކްސްޕޯޓު ކުރާ އެންމެ ދަށް އަގު ކޮންޓްރޯލު ނުކުރުމަށް ނިންމައިފިއެވެ. އިންޑިއާއިން މި ނިންމުން ނިންމީ، ބާސްމަތީ ހަނޑުލުގެ އައު މަތިވަރު ބާޒާރަށް ލިބުމާ ގުޅިގެންނާއި ދަނޑުވެރިންގެ އަތްމަތި ދަތިވެ ދަރަނިވެރިވުމުގެ ސަބަބުން އެމީހުންގެ އާމްދަނީ އިތުރު ކުރުމަށް ފުރުސަތު ދިނުމަށާއި ކުރީގެ ސްޓޮކް އެމީހުންގެ އަތުގައި ނުބެހެއްޓޭ ގޮތް ހެދުމުގެ ގޮތުންނެވެ.

އިންޑިއާއިން ބާސްމަތީ އެކްސްޕޯޓު ކުރުމަށް ކުރިން ކަނޑައެޅި އެންމެ ދަށް އަގަކީ، މެޓްރިކް ޓަނަކަށް 1200 ޑޮލަރެވެ. ފަހުން 950 ޑޮލަރަށް ޓަނަކަށް އަގު ދަށް ކުރިއެވެ. ނަމަވެސް މިހާރު ވަނީ އެކްސްޕޯޓު ކުރުމަށް ވަކި އަގެއް ސަރުކާރުން ކަނޑަ ނައަޅާ ގޮތަށް ނިންމާފައެވެ.

އިންޑިއާއަކީ މަތީ ފެންވަރުގެ ބާސްމަތީ ހަނޑޫ އުފައްދާ ޤައުމެކެވެ. އިންޑިއާއިން އުފައްދާ އެންމެ މަތީ ފެންވަރުގެ ވަސްމީރު ބާސްމަތީ ހަނޑުލުގެ 5 މިލިއަން ޓަން ކޮންމެ އަހަރަކު ޔޫއޭއީއާއި އިރާން އިރާޤް ސައޫދީ އެމެރިކާ އަދި ޔަމަނަށް އެކްސްޕޯޓު ކުރެއެވެ.

 

ހިއްސާ ކުރައްވާ!