ވަޅޯ އުންމަތެއްގެ ޟަމީރު ދިރުވުމުގެ މަސައްކަތުގައި ސްޕެއިން

އުންމަތުގެ ވަޅޯވެފައިވާ ޟަމީރު ދިރުވުމުގެ މަސައްކަތް ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ފަށްޓަވައިފިއެވެ. ޕެޑްރޯ ސަންޗޭޒްގެ މި މަސައްކަތަކީ، ސްޕެއިންގައި އުމަވީ ޚަލީފާ ޢަބްދުއްރަޙުމާން އައްދާޚިލު (ޤުރައިޝްގެ ބާޒު) ބިނާ ކުރެއްވި އިސްލާމީ ވެރިކަން އުވިދިޔަތާ 532 އަހަރު ފަހުން މުސްލިމުންގެ ޙައްޤުގައި ސްޕެއިން އިން ފަށާ މަސައްކަތެކެވެ.

ސަންޗޭޒް ބޭނުން ފުޅުވަނީ ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި ދެ ދައުލަތް އެކުލަވާލުމަށްފަހު ފަލސްޠީނުގެ މީހުންގެ ހައްޤުތައް ކަށަވަރު ކުރެވޭނެ ގޮތްތައް ހޯއްދެވުމަށް ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާށެވެ.

މުސްލިމް އަދި ޔޫރަޕްގެ ގައުމުތަކުގެ މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ކަންކަމާ ބެހޭ ވެރިޔާއާ ޖޯސެޕް ބޮރެޕް މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތެވެ.

ސަންޗޭޒް ވަނީ އޭނާގެ އެންމެ އިސް ޑިޕްލޮމެޓް ހޯސޭ މެނުއަލް އަލްބަރޭސް ގެ އޮފީހުގައި ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން އޭނާގެ ރަސްމީ ގެކޮޅުގައި ޚާރިޖީ ވަޒިރުންނަށް މަރުހަބާ ވިދާޅުވެފައެވެ. މި ބައްދަލު ކުރެއްވުމުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާއި ސައުދީ އަރަބިއްޔާ، މިސްރު، އުރުދުން، ޤަތަރު އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ވަޒީރުންނަކީ، އަރަބި އިސްލާމިކް ކޮންޓެކްޓް ގްރޫޕް ފޯ ޣައްޒާގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. އޭގެ އިތުރުން، އަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އިސްވެރިން އަދި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ޗީފް ޖޯސެޕް ބޮރެލްގެ އިތުރުން ސްޕެއިން އަދި އަޔަލޭންޑް، ނޯވޭ އަދި ސްލޮވޭނިއާގެ ފޮރިން މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!