އިޒްރޭލަށް އޮޅިގެން ކްރިމިނަލް ކޯޓާ ދެކޮޅަށް ނެރުނު ބަޔާން ނަގައިފި

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ޔަހޫދުންގެ ވެރިން ހައްޔަރުކުރަން އަދި އަމުރެއް ނެރެފައި ނުވަނީސް އެކަން ކުށްވެރިކޮށް އިޒްރޭލުން ބަޔާނެއް ނެރެފިއެވެ. އިޒްރޭލުން ނެރެފައިވާ ބަޔާން އިޒްރޭލުގެ  ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައި އޮތެވެ.

އިޒްރޭލުގެ ހާރެޓްސް ނޫހުން ބުނީ އެއީ، އިޒްރޭލުގެ ފޮރިން މިނިސްޓްރީން އޮޅިގެން ނެރުނު ބަޔާނެއް ކަމަށާއި އެ ބަޔާން މިހާރު ވެބްސައިޓުން ނަގާފައިވާ ކަމަށެވެ.

ޔަހޫދުންގެ ވެރިން ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދިނުމަށް އެދި، ޕްރޮސެކިއުޓަރ ކަރީމް ޚާން އެދިވަޑައިގެންފައި ވުމުން، އެކަން ކޯޓުން ދިރާސާ ކުރަމުންދާތާ މިހާރު ހަތަރުމަސްވެއްޖެއެވެ.

ހިއްސާ ކުރައްވާ!