ހަނގުރާމައާ ހެދި ޗައިނާއަކީ އިންވެސްޓަރުންނަށް މަޤްބޫލު މަންޒިލެއް ނޫން

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ކުރާ ވިޔަފާރީގެ ހަނގުރާމަ ކާމިޔާބު ވާތަން ފެނިގެން ދިޔައީ އެންމެ ފަހުން ލޯންޗު ކުރި އައި ފޯނުންނެވެ. މީގެ ކުރިން އުފައްދާ ފެންވަރު މަތީ އައިފޯނު ތަކަކީ ޗައިނާގެ އުފެއްދުމެކެވެ. ނަމަވެސް މިފަހަރު ހުރިހައި އައިފޯނެއް އުފެއްދީ އިންޑިއާގައެވެ.

ޗައިނާއާ ދެކޮޅަށް ހުޅަނގުން އެތައް ދިމާއަކުން ވިޔަފާރި ހަނގުރާމަ ހިންގަމުން ގެންދެއެވެ. އެގޮތުން ޗައިނާގެ އިލެކްޓްރިކް ކާރުތައް އަހު ހެޔޮ ވުމުން ޔޫރަޕްގެ އުފެއްދުންތަކަށް ގެއްލުންވާކަމަށް އެކަމާ ދެކޮޅަށްވެސް ފިޔަވަޅު އެޅުމަށް ހަރަކާތެއްވެސް ފަށާފައި ވެއެވެ.

ހުޅަނގުގެ ކުންފުނިތަކަށް އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ކުރިން ދެކެމުން އައި ޗައިނާގެ މަޤްބޫލުކަން މަޑުމަޑުން ގެއްލިގެންދާ ކަމަށް ޗައިނާގެ އީޔޫ ޗެމްބަރ އޮފް ކޮމާސް އާއި ޝަންހާއީގައި ހުންނަ އެމެރިކަން ޗެމްބަރ އޮފް ކޮމާސް އިން މި ހަފްތާގައި އާންމުކުރި ރިޕޯޓްތަކުން ދައްކައެވެ.

މި ދެ ލޮބީ ގްރޫޕުން ވަނީ ޗައިނާގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ މެދުގައި ސާވޭތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެމީހުންގެ ހޯދުންތަކަށް ބަލާއިރު، ގިނަ މީހުން ބުނަމުން އަންނަނީ އެހެން ޤައުމުތަކުން އުފެއްދުމުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، އުފެއްދުންތަކަށް ހިތްވަރު ދިނުމަށް ޓެކްސްތައް ކުޑަކޮށް އަގު ހެޔޮކޮށް އުފެއްދޭ ގޮތަށް ހަދައިދިނުމުން، ޗައިނާގެ މާކެޓަކީ އަސާސީ އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި މިހާރު ވިޔަފާރިވެރިން ނުދެކޭ ކަމަށެވެ.

އެމެރިކަން ޗެމްބަރ އޮފް ކޮމާސް އިން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ސާވޭއިން ދައްކާ ގޮތުގައި ޗައިނާއަކީ އެންމެ މަތީ ފެންވަރުގެ އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ބަލާ ވިޔަފާރިވެރިންގެ ޢަދަދު %47 އަށް ދަށްވެފައިވާ ކަމަށް ދައްކައެވެ. މިއީ 25 އަހަރު ތެރޭގައި ފެންނަ އެންމެ ދަށް އަދަދެކެވެ.

އީޔޫ ޗެމްބަރުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޗައިނާއަކީ އަޤްބޫލު އިންވެސްޓްމެންތް މަންޒިލެއްގެ ގޮތުގައި ދެކެނީ އެންމެ %15 މީހުން ނެވެ. ކުރިން އެ އަދަދު ހުރީ %20 ގައެވެ.

ހިއްސާ ކުރައްވާ!