ވިސާ ކާޑް ކުންފުނި އަލުން ރަޝިޔާގައި ވިޔަފާރި ފަށަނީ

ޕޭމަންޓު ހަދާ ކުންފުނި މަލްޓިނޭޝަނަލް ޕޭމަންޓް ކާޑް ސާވިސަސް ކޯޕަރޭޝަން ވިސާއިން ދެ ޓްރޭޑްމާކެއް ރަޝިޔާގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފިއެވެ. ވިސާއަކީ ރަޝިޔާއިން 2022ގައި ބޭރުވެގެން ދިޔަ ކުންފުންޏެކެވެ. ބެލެވޭ ގޮތުގައި ވިސާއިން ވިސްނަނީ އަލުން ރަޝިޔާގައި ވިޔަފާރި ފަށާށެވެ.

ވިސާއިން ރަޝިޔާގެ ފެޑެރަލް ސާވިސް ފޯ އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވާން އެދިފައިވާ ކަން މީޑިއާއަށް ވަނީ ޔަގީން ކޮށްދީފައެވެ. ރަޝިޔާގެ ފިކުރީ މުދަލުގެ ރަޖިސްޓްރީގައި ވިސާ ލޯގޯތައް ހިމެނުމަކީ، ރަޝިޔާގައި ވިސާގެ ޓްރޭޑްމާކް ބޭނުން ކުރުން ހުއްޓުވުމަށްވެސް އަޅާ ފިޔަވަޅެއްވެސް މެއެވެ.

ހިއްސާ ކުރައްވާ!