މި ދެ ދުވަހު ހިނގަިއ ދިޔަ ކަންތައްތަކަކީ ހަނގުރާމަ އިޢުލާން ކުރުމެއް: ހަސަން ނަޞްރަﷲ

އިޒްރޭލުން  ލުބުނާނާ ދެކޮޅަށް ހިންގި ސައިބާ ޓެރަރިޒަމްގެ ހަމަލަތަކަކީ ހަނގުރާމަ އިޢުލާން ކުރުމެއް ކަމަށް ޙިޒުބުﷲގެ ލީޑަރު ޙަސަން ނަޞްރަﷲ ވިދާޅުވެއެވެ. އަންގާރައާއި ބުދަދުވަހު ޔަހޫދުން، ޕޭޖަރުތަކާއި ވޯކީޓޯކީއާއި ސޯލާ ސިސްޓަމްތަކާއި ޑޯއެކްސެސް މެޝިންތައް ގޮއްވާލައިގެން ދިން ޙަމަލަތަކާ ބެހޭ ގޮތުން ނަޞްރަﷲ ވަނީ ވާހަކަ ދައްކަވާފައެވެ.

ނަޞްރަﷲގެ ތަޤްރީރުގައި ފާހަގަކުރެވުނު އެންމެ މުހިންމު ކަންތައްތައް:

  • ލުބުނާނުގެ ސަރުކާރާއި، ހެލްތު މިނިސްޓްރީއާއި، ސިވިލް ޑިފެންސް އިންސްޓިޓިއުޝަންތަކުން ދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރުން.
  • އެހީތެރިވުމަށް އިސްނަގައިގެން އުޅުނު އެންމެންނަށާއި މަޒުހަބީ ނުވަތަ ސިޔާސީ ތަޢައްޞުބެއް ނުދައްކައި އެއްބައިވަންތަކަން ދެއްކި އެންމެންނަށް ޝުކުރު އަދާ ކުރުން.
  • ލުބުނާނުގައި އަނެއްކާވެސް ފެނުނީ ޤައުމީ އަދި އިންސާނީ ފެންވަރުގައި އިންސާނީ އަޚްލާޤީ ހިތްވަރެއް ދެއްކި ތަން.
  • އެހީތެރިވެ ދިން ހުރިހައި ޤައުމަކަށް ޝުކުރުވެރިވުން. ޚާއްސަކޮށް އީރާނާއި އިރާޤުގެ އިސްވެރިންނާއި އެފަރާތްތަކުން ވެދިން ޞިއްޙީ އެހީތެރިކަން ފާހަގަ ކުރުން.
  • ޔަހޫދީ ދުޝްމަނުން އެތައް ހާސް ޕޭޖަރ ޑިވައިސްތަކަށް އަމާޒުކޮށް ހުރިހާ ޤާނޫނުތަކާއި އިންތައް ފަހަނައަޅައި ދިޔަކަން.
  • ބައެއް ގޮއްވުންތައް ގޮއްވާފައި ވަނީ ހަސްފަތާލުތަކާއި މީހުންގެ ގެތަކާއި ވިޔަފާރިކުރާ ތަންތާނގައި.
  • ހަމަލަތަކުގައި ކުޑަކުދިންނާއި އެތައް ބަޔަކު ޝަހީދުވި. ޢަދަދު ހާމަވާނީ ފަހުން.
  • ދުޝްނަނުން ބޭނުންވީ ޕޭޖަރުތައް ގޮއްވާލައިގެން އެމީހުންނާއި އެމީހުންގެ ވަށައިގެން ތިބި 4 ހާހެއްހައި މީހުން މަރާލަން.
  • ދެ ދުވަސްމަތިން ދުޝްމަނުން ބޭނުންވީ އެއް މިނެޓުގެ ތެރޭގައި 5 ހާސް މީހުން މަރާލުމަށް.
  • ދެ ދުވަހު ދިން ޓެރަރިސްޓް ހަމަލައަކީ ޤަތުލުޢާންމެއް ކަމަށް ބަލާނަން. އަދި އެއީ ބޮޑު ޓެރަރިސްޓް ހަމަލައެއް.
  • ބައެއް ޕޭޖަރުތައް އެ ލިބެންވާ މީހުންނަށް ބެހިފައެއް ނެތް. ބައެއް ޕޭޖަރުތައް ގޮއްވާލި އިރު އޮތީ މީހުންނާ ދުރުގައި.
  • ދާދި އަވަހަށް މި ގޮއްވާލުންތަކުގެ ހަޤީޤަތް ސާފުވާނެ އެއިރުން އެކަމަށް ރައްދު ފިޔަވަޅެއް އެކުލަވާލެވޭނެ.
  • މިއީ މިއަދާ ހަމައަށް ދިމާނުވާ ވަރުގެ ކަމެއް. މިއީ ވަރުގަދަ ހަމަލައެއް
  • ދުޝްމަން ޓެކްނޮލޮޖީގައި ވަރަށް ކުރިއަރައިގެން ގޮސްފައިވާކަން އެނގޭ. ދުޝްމަނަށް ނޭޓޯއާއި އެމެރިކާގެ ވާގިވެރިކަން ލިބޭކަން ދަންނަމު.
  • ދެކުނުގައި ޔަހޫދުންނަށް ދިން ޙަމަލައަކީ އިޒްރޭލު ސިފައިންގެ ވެރިޔާ ބުނިގޮތުން އެމީހުން ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީއެއް.
  • އަހަރަމެން އަދި ބަލި ކުރެވިފައެއް ނެތް. އަދި ބައްޔެއްވެސް ނުކުރެވޭނެ.
  • ލުބުނާންގެ މައިދާނަކީ ޔަހޫދީންނާ ދެކޮޅަށް ކުރިމަތި ލުމަށް މުހިންމު މައިދާނެއް. އެއީ ފަލަސްތީނު މީހުންނަށްވެސް މުހިންމު މައިދާނެއް.

ޙަސަން ނަޞްރަﷲގެ ވާހަކަފުޅު ނިންމަވާލެއްވީ އިޒްރޭލަށް އުދަނގޫ ގޮތަކަށް މިޓެރަރިސްޓް ހަމަލައަށް އަގު އަދާކުރަން ޖެހޭނެކަމުގެ އިންޒާރު ދެއްވަމުންނެވެ.

ހިއްސާ ކުރައްވާ!