ޖުޒާމު ބަލި ނައްތާލި ފުރަތަމަ ޤައުމަކަށް ޖޯޑަން

ލެޕްރެސީ ނުވަތަ ޖުޒާމް ބަލި ނައްތާލާފައިވާ ފުރަތަމަ ޤައުމަކަށް ޖޯޑަން ވެއްޖެކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ޖޯޑަންގެ އެތެރޭގެ އެއްވެސް ކޭސްއަކުން  20 އަހަރު ވަންދެން ލެޕްރަސީގެ ކޭހެއް އަލާވެފައި ނުވާ ކަމަށެވެ.

ޖުޒާމު ބަލި ޖޯޑަން އިން ނައްތާލުމަކީ އާންމު ޞިއްޙަތުގައި ލިބުނު ތާރީޚީ މޭލުގަލެއް ކަމަށާއި އެއީ، ދުނިޔޭގެ ފެންވަރުގައި ލެޕްރަސީ ނައްތާލުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ފޯ ސައުތުއީސްޓް އޭޝިއާ އަދި އެ ޖަމިއްޔާގެ ގްލޯބަލް ލެޕްރަސީ ޕްރޮގްރާމްގެ ވެރިޔާ ސައިމާ ވާޒިދު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް