ރަޝިޔާއިން ޑްރޯން އުފެއްދުން 10 ގުނައަށް އިތުރު ކުރަނީ

ރަޝިޔާއިން އުފައްދާ ޑްރޯންތައް ދިހަ ގުނައަށް އިތުރު ކުރުމަށް ނިންމައިފިއެވެ. އަދި މި އަހަރުވެސް ރަޝިޔާ ސިފައިންނަށް ދިހަ ގުނަ އިތުރަށް ޑްރޯން ސަޕްލައި ކޮށްދޭނެ ކަމަށް ރަޝިޔާގެ މިލިޓަރީ-އިންޑަސްޓްރިއަލް ކޮމިޝަނުން ބުނެފިއެވެ. ހަނގުރާމައިގައި ބޭނުން ކުރާ ރޮބޮޓްތައް ދައްކާލުމަށް ބާއްވާފައިވާ މައުރަޒަކަށް ޒިޔާރަތް ކުރައްވައި ބުރާސްފަތި ދުވަހު ޕޫޓިން ވިދާޅުވީ، 2023 ވަނަ އަހަރު ރަޝިޔާގެ ސިފައިންނަށް އެކި ބާވަތުގެ ގާތްގަނޑަކަށް 140،000 ޑްރޯން ލިބިފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ޑްރޯންގެ ބޭނުން އިތުރުވުމުން، ޑްރޯންތައް އުފައްދާ މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ޓިން ވިދާޅުވީ ޑްރޯންތަކުގެ ޑިޒައިން އާއި ޓެސްޓިން އަދި އުފެއްދުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްސަ ސައިންޓިފިކް އަދި ޕްރޮޑަކްޝަން ސެންޓަރުތަކެއްގައި ކަމަށެވެ. އަދި 2030އަށް ރަޝިޔާގައި ޑްރޯން އުފައްދާ 48 މަރުކަޒެއް ޤާއިމް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ޕޫޓިން ވަނީ، ސެއިންޓް ޕީޓާސްބާގްގެ ސްޕެޝަލް ޓެކްނޮލޮޖީ ސެންޓަރު (އެސްޓީސީ) ގައި ބާއްވާފައި އޮތް ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ސިފައިން މިހާރު ބޭނުން ކުރާ ރޮބޮޓްތަކުގެ މައުރަޒު ވެސް ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ކަމިކާޒޭ ޑްރޯންތަކާއި ރިކޮނައިސަންސް ސިސްޓަމްތަކާއި ރޮބޮޓިކް އެހެން މޮޑެލްތައް ދައްކާފައިވެ އެވެ.

ހިއްސާ ކުރައްވާ!