ޔަހޫދީން މެރި މައްސަލާގައި މި ސޮރު ގޮޅިއަކަށް ފެތިދާނެ

އޮކްޓޫބަރު 7ވަނަ ދުވަހު ހަމާސްއިން އިޒްރޭލު ބިރުގަންނަވާލި ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޓީގެ ހޯދުންތައް ވަގުތީ ރިޕޯޓެއްގެ ސިފައިގައި ޝާއިއުކޮށް ރައްޔިތުންނާ ހިއްސާ ކުރުމަށް އެކޮމިޓީން ނިންމައިފިއެވެ. މި ކޮމިޓީއަކީ އިޒްރޭލުގެ ގާނޫނު ބުނާ ގޮތަށް ޗީފް ޖަސްޓިސް އެކުލަވާލި ރިޓަޔާޑް ފަނޑިޔާރަކު އިސްވެ ހުންނަ ކޮމިޓީއެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމިޓީގެ ރައީސް ބުނެފައި ވަނީ އެފަރާތުން ހޯދި ހޯދުންތަކުން އެނގިފައި ވަނީ ފިއްކަނޑައިގެންދާ ފަދަ މައުލޫމާތު ކަމަށެވެ. އަދި ރައްޔިތުން މެރުމުގައި ސަރުކާރުގެ އިހުމާލު މާބޮޑަށް ވެސް އޮތް ކަމަށް ހޯދިފައިވާ ކަމަށެވެ.

މިވާހަކަ އާންމު ކުރުމާ ގުޅިގެން ނަތަންޔާހޫ ގާނޫނީ ގޮޅިއަކަށް ފެތިދާނެތީ އޭނާ ވަނީ ޔަހޫދީ ހިންތާއެއް އެކުލަވާލާފައެވެ. އޭނާ އަންގާފައި ވަނީ އެފަދަ ކޮމިޓީތަކަށް ޕާލަމެންޓުން މެމްބަރުން އައްޔަން ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. އަދި އެފަދަ ބަދަލެއް ގެނަސްފިނަމަ، އެ ކޮމިޓީގައި ތިބޭނީ ސިޔާސީ މީހުން އައްޔަން ކުރާ ސިޔާސީ މީހުންނެވެ. އެހެން ވެއްޖެނަމަ، ނަތަންޔާހޫގެ ޝަރީއަތް ނުކޮށް ފަރުޖެހޭ ގޮތަށް ކަންކަން އިންތިޒާމު ކުރެވިދާނެއެވެ.

އިޒްރޭލުގެ އަންހެން ބަންޑާރަ ނާއިބްވެސް ވަނީ އަދުލުއިންސާފާއި ނަތަންޔާހޫ ކުޅޭ ކަމަށް ބުނެ އޭނާގެ ޔަހޫދީ ވިސްނުން ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!