ހުޅަނގުން ހަން ފެތުރުމަށް އެންޖީއޯތަކަށް ފައިސާދިން

އިންޑިއާގެ މުހިންމު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމަށް މީހުން މުޒާހަރާއަށް ނެރުމާއި މީޑިއާގައި ނޭދެވެ މަޢުލޫމާތު ފެތުރުމަށް ހުޅަނގުން ފައިސާ ހޯދައިގެން އިންޑިއާގައި މަސައްކަތް ކުރާ 5 އެންޖީއޯއަކުން މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގުން ދައްކައެވެ. މި ފަސް އެންޖީއޯގެ މައްސަލައަކީ 2022ން ފެށިގެން ތަޙުޤީޤު ކުރަމުން އައިސްފައިވާ މައްސަލައެކެވެ.

މި އެންޖީއޯތަކަކީ، އޮކްސްފާމްއާއި ސެންޓަރ ޕޮލިސީ ރިސާޗްއާއި އެންވައިރޮނިކްސްއާއި ލީގަލް އިނިޝިއޭޓިވް ފޮރ ފޮރެސްޓް އެންޑް އެންވައިރަންމެންޓާއި ކެއާ އިންޑިއާ އާއި އެންވަރޮނިކްސްއެވެ.

މިމީހުންގެ މަސައްކަތް އަމާޒުކޮށްފައިވަނީ އިންޑިއާގެ އެންމެ ބޮޑު ކުންފުނި އަދާނިއާއި އިންޑިއާގެ ދަނގަނޑު އުފައްދާ އެންމެ ބޮޑު ޖޭއެސްޑަބްލިއު ގްރޫޕަށެވެ.

މި ޖަމުއިއްޔާތަކަށް އިތުރަށް ތުހުމަތު ކުރެވެނީ ބޭރުން ފައިސާ ހޯދުމާ ބެހޭ ޤާނޫނާ ޚިލާފަށް ފައިސާ ހޯދާފައިވާ ކަމަށާއި އިންޑިއާގެ މަސްލަހަތާ ދެކޮޅަށް ބޭރުގެ ފަރާތެއްގެ އެޖެންޑާ ފެތުރުމަށް މަސައްކަތް ކުރުމެވެ.

ހިއްސާ ކުރައްވާ!