އުމުރުން 18 އަހަރު ނުވަނީސް 370 މިލިއަން އަންހެން ކުދިން ރޭޕް ކުރެވޭ

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް މިއަދު ހުކުރު ދުވަހު ފާހަގަ ކުރާއިރު، ޔުނިސެފުން ބުނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުމުރުން 18 އަހަރު ނުވަނީސް 370 މިލިއަން އަންހެން ކުދިން ރޭޕް ކުރެވޭ ކަމަށެވެ. ނޫނީ ޖިންސީ ޢަމަލެއް ތަޖުރިބާކޮށްފައިވާނެ ކަމަށެވެ.

އަދި މަޢުލޫމާތުގެ ރަސްމަގުގައި، ނޫނީ ގަނާކުރުމުން ނޫނީ ބަހުގެ އަނިޔާވެރިކަމެއްފަދަ ގައިގައި ބީހިލުމަކާ ނުލައި ކުރާ އަނިޔާތައް ހިމަނާނަމަ، އެފަދަ ކަންކަމުގެ އަސަރު ކުރާ އަންހެން ކުދިން މުޅި ދުނިޔޭގެ ނިސްބަތުގައި 650 މިލިއަނަށް އަރާނެ ކަމަށެވެ. މާނައަކީ ކޮންމެ 5 އަންހެން ކުއްޖަކުން 1 އެއީ، މިފަދަ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާނެ ކުއްޖެކެވެ.

ސަރަހައްދުތަކުގެ ނިސްބަތުން:

ސަރަހައްދު

މިލިއަނުން

ސަބްސަހާރަން އެފްރިކާ

79

އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާ

75

ސެންޓްރަލް އަދި ދެކުނު އޭޝިއާ

73

ޔޫރަޕާއި އުތުރު އެމެރިކާ

68

ލެޓިން އެމެރިކާއާއި ކެރިބިއަން

45

އުތުރު އެފްރިކާއާއި މެދުއިރުމަތި

29

އޯޝޭނިއާ

6

 

ހިއްސާ ކުރައްވާ!