ޗައިނާއަކީ ވިޔަފާރީގެ އުދަގޫ ބައިވެރިއެއް

ޔޫރަޕިއަން ޔޫނިއަންގެ ޓްރޭޑް އިދާރާއަށް ދެން ވަޑައިގަންނަވާ ޗީފް ވަނީ ޕާލަމެންޓުގެ ސުއާލާއި ޖަވާބުގައި ޗައިނާއަކީ އީޔޫއަށް “އެންމެ ގޮންޖެހުން ބޮޑު ޓްރޭޑް ޕާޓްނަރ” ކަމަށް ސިފަކުރައްވާފަ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބެލެވޭ މާރޯސް ސެފްކޯވިޗް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުންނާއެކު ތިން ގަޑިއިރުގެ ސުއާލު ޖަވާބު ސެޝަނެއް ގެންދެވިއެވެ.

މިނިވަން ވިޔަފާރިއާއި ޕްރޮޓެކްޝަނިޒަމާ ދެމެދު އުފެދިފައިވާ ކޯޅުމުގެ ތެރޭގައި އިގްތިސާދު ރައްކާތެރުކުރުމަށް ގަޑި ޖެހެމުންދާ ކަމަށް ސްލޮވާކިޔާ ގެ ސެފްކޯވިޗް ވިދާޅުވި އެވެ.

“ޗައިނާއިން އުފައްދައި ޔޫރަޕަށް ފޮނުވާ އަޅުގަނޑުމެންގެ ސިނާއަތަށް ނުރައްކާވާ ހުރިހާ ބާރެއް ހައްލު ކުރުމަށް މަސައްކަތް ކުރާނަން” މި މަހުގެ ފަހުކޮޅު މެމްބަރުންގެ ވޯޓުން ފާސްވެއްޖެ ނަމަ އިގްތިސާދީ ސަލާމަތާ ބެހޭ ކޮމިޝަނަރުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ސެފްކޯވިޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕް މީހުންނަށް ވަޒީފާ ގެއްލޭ ގޮތަށް ޗައިނާ މީހުންނަށް ފަހިވާ ގޮތަށް ބެއިޖިންގ އިން ސަބްސިޑީ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް