ސައޫދީ ޚާރިޖީ ވަޒިރު ފައިސަލް ބިން ފަރުޙާން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާ ބައްދަލު ކުރައްވައިފިއެވެ. ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ދެގައުމުގެ ސްޓްރެޓެޖިކް ޕާޓްނަރޝިޕާ ބެހޭ ގޮތުންނާއި ސަރަހައްދީ މައްސަލަތަކާއި ދެ ޤައުމުގެ ގުޅުމާ ބެހޭ ގޮތުންނެވެ.
ފައިސަލް ބިން ފަރްޙާން ނިއުދިއްލީއަށް ވަޑައިގަތީ އިއްޔެއެވެ. އެމަނިކުފާނުގެ އަރިހު މަތީ ފެންވަރުގެ ވަފްދެއް ވަޑައިގަތެވެ.