ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް އަސްކަރީ ތިން ޑްރޯންގެ ބޭނުން ހިފަމުން ދިއުމުގެ ނަތީޖާ ފެނިއްޖެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް އެމްއެންޑީއެފުން ހޯދައިގަތީ ޑްރޯން ބޭނުންކޮށްގެންނެވެ.
އެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެއާ ކޯގެ ޑްރޯނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޯޓު އަތުލައިގަތީ ކަމަށެވެ.
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ މާޗް މަހު އެވެ. ޑްރޯންތަކުގެ މައި މަރުކަޒު ހިންގަނީ ނ. މާފަރު އެއާޕޯޓެވެ.