ޔޫރަޕްގައި ޗައިނާގެ މީސްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކަށް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.
ހުކުރު ދުވަހު ރުމޭނިއާގެ ދުސްތޫރީ ކޯޓުން ވަނީ މިދިޔަ މަހު ބޭއްވި ފުރަތަމަ ބުރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށްފަ އެވެ. މިއިން ތިޚާބު ބާޠިލުކޮށްފައި ވަނީ ރަޝިޔާއަށް ތާއިދު ކުރާ ފަރާތްތަކުން ޓިކްޓޮކް މެދުވެރިކޮށް އިންތިޚާބަށް ނުފޫޒު ފޯރުވީ ކަމަށް ބުނެއެވެ.
ފުރަތަމަ ބުރުގެ ވޯޓުލުމުގައި ކާމިޔާބީއާ ދިމާއަށް ދިޔައީ، ރަޝިޔާއަށް ތާއީދުކުރާ އަދި ނޭޓޯއާ ދެކޮޅު ވިސްނުންތަކެއް ގެންގުޅުއްވާ ކަނާތުފިޔައިގެ ކެންޑިޑޭޓެއް ކަމަށްވާ ކެލިން ޖޯޖްސްކޫއެވެ. އެކަން ޔޫރަޕް މީހުންނަށް ހަޖަމެއް ނުވިއެވެ.