އިންޑިއާއިން ޚާލިސްތާނީ އެކްޓިވިސްޓުންނަށް ވިސާދޭން ދެކޮޅު ހަދަނީ

އިންޑިއާއާ ދެކޮޅު ވާހަކަ ދައްކައި ވަކި އަމިއްލަ ޚާލިސްތާން ސްޓޭޓެއް އުފެއްދުމަށް ގޮވާލުމުން އިންޑިއާއިން ވިޒާ ނުދޭން ނިންމި މީހުން މިހާރު ގެންދަނީ، އެމީޙުންނަށް އިންޑިއާއަށް ވަދެވޭ ގޮތަށް ވިޒާ ދޭން ޖެހޭނެކަމަށް ބުނަމުންނެވެ.

މަޝްހޫރު ޚާލިސްތާނީ އެކްޓިވިސްޓުން އިންޑިއާއާ ދެކޮޅަށް ޕްރޮޕެގެންޑާކޮށް އިންޑިއާ ބައިބައި ކުރުމަށް ވާހަކަ ދެއްކުމުން އިންޑިއާއިން ވަނީ އެމީހުންނަށް ވިސާ ނުދޭން ނިންމާފައެވެ. މިމީހުން މިހާރު ދަނީ އިންޑިއާއިން ވިސާ އެޕްލިކޭޝަން ބާތިލް ކުރުމުން އެކަމަށް މާޔޫސްކަން ފާޅުކުރަމުންނެވެ.

އެއް ޒަމާނެއްގައި އިންޑިއާ ބައިބައި ކުރުމަށް އަޑުގަދަކޮށް ވާހަކަ ދައްކަމުން ދިޔަ ފަރާތްތަކުން މިހާރު ދަނީ އިންޑިއާއަށް އެތެރެވުމަށް އިންކާރު ކުރުމުން އިންޑިއާ ސަރުކާރުގައި ބޭރު ގައުމުތަކުން އެމީހުންނަށް އެހީތެރިވުމަށް އެދި ގޮވާލަމުންނެވެ.

ފުޅާދާއިރާއެއްގައި ދައުރުވި ޓްވީޓެއްގައި އެކްޓިވިސްޓަކު ވަނީ އިންޑިއާއިން ވަކިވެ ގަތުމަށް މަސައްކަތް ކުރާ މީހުންނަށް ވިސާ ނުދޭން ނިންމި ނިންމުމަށް ފާޑުކިޔައި، “އިންޑިޔާއަށް ޒިޔާރަތް ކުރުމަކީ އަހަރެންނަށް ލިބިގެންވާ ހައްގެއް” ކަމަށް ބުނަން ފަށާފައެވެ.

ނަމަވެސް އެމީހުންނަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އިންޑިއާ ބައިބައި ކުރުމަށް ވާހަކަ ދައްކައި ވަކާލާތުކުރާ މީހުންނަށް އިންޑިއާއަށް އެތެރެ ވުމަށް އިމްތިޔާޒުތަކެއް ޑިމާންޑް ކުރެވޭނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.

މި މައްސަލަ ވަނީ ސަޕޯޓަރުންނާއި ދެކޮޅުވެރިންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންވެސް އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވެސް މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ވަކި ވެގަތުމަށް މަސައްކަތް ކުރާ ހަރަކާތްތަކާ ގުޅުން ހުރި މީޙުންގެ ވިސާ އެޕްލިކޭޝަންތައް މުރާޖައާ ކުރުމުގައި ވަރުގަދަ އުސޫލުތަކެއް ދަމަހައްޓައި މަސްއޫލުވެރިން ވަނީ އިންޑިއާގެ ގައުމީ ސަލާމަތަށް އިސްކަމެއް ދީފަ އެވެ. މި މައްސަލައިން ޚާލިސްތާނީ އެކްޓިވިސްޓުންނާއި އިންޑިއާގެ ސަރުކާރާ ދެމެދު އޮތް ދެބަސްވުން އަލުން ސަމާލުކަމެއް ގެނަސްދީފައި ވެއެވެ.

ހިއްސާ ކުރައްވާ!