2024ގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ގަދަ ނިއުސްމޭކަރުންގެ ގޮތުގައި ފާހަގަ ވެފައެވެ. ނަމަވެސް ބައެއް ފަރާތްތައް މިތާގައި ފާހަގަ ކޮށްލަމެވެ.
އަބޫ މުހައްމަދު އަލްޖައުލާނީ އަކީ ސޫރިޔާގެ މިނިވަންކަމުގެ ބަޠަލު ކަމަށް ގިނަ ބަޔަކު ބަލައިގެންފައިވާ މީހާއެވެ.
މުސްލިމުން އެރުދުޣާން ފާހަގަ ކޮށްފައި ވަނީ ފަލަސްޠީނު މިނިވަން ކުރުމަށް އަނގައިން ޖިހާރު ކުރި ލީޑަރުގެ ގޮތުގައެވެ. އެރުދުޣާނަކީ އެންމެ ގިނައިން އިޒްރޭލުގެ ތާރީޚުގައި އިޒްރޭލަށް ޒިޔާރަތް ކުރެއްވި މުސްލިމު ލީޑަރެވެ. ފަލަސްޠީނުގައި ޒަޔަނިސްޓުން ގަތުލުއާންމު ހންގި އިރު އެމީހުންނާ ދެކޮޅަށް ވާހަކަ ދައްކާފައި އެމީހުންނަށް ހަތިޔާރު އުފެއްދުމަށް ދަނގަޑާ ތެޔޮ ސަޕްލައި ކުރީވެސް އެރުދުޣާނެވެ.
ހަމަދު އާލަސާނީ އެންމެ ބޮޑަށް ފާހަގަ ވަނީ އަލްޖަޒީރާ ހިންގުމަށް ފުރުސަތު ދީފައިވާ ގައުމުގެ ލީޑަރުގެ ގޮތުގައެވެ. އެމެރިކާގެ ފިއްތުން ތަކާއެކު ޙަމާސްގެ ލީޑަރޝިޕް ބަލިކަށި ކޮށްލައި ޤަތަރުން ބޭރުވާން އެންގީވެސް ދޯހާގެ ސަރުކާރުންނެވެ.
އިސްލާމީ އުންމަތުގެ އެންމެ ވަގުގަދަ އަންހެނާ ކޮންގްރެސް ވުމަން ރަޝީދާ ޠުލަިބަކީ ޒަޔަނިސްޓުން ބޭޒރު ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކުމުގައި ފާހަގަ ކުރެވޭ ލީޑަރެކެވެ. ނަތަންޔާހޫ ގަތުލުއާންމު ހިންގާތީވެ އެމެރިކާގެ ކޮންގްރެސްގައި އޭނާއަށް ތައުރީފުކޮށް ކުރު ނީސްކުރިއިރު އެކަމާ ދެކޮޅު ހެދި މީހަކީވެސް ޠޮލައިބެވެ.
ބީޖޭޕީގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ މުޒައްފަރުނަގަރުގައި ބީޖޭޕީއާ ދެކޮޅަށް ނިކުމެގެން ކާމިޔާބު ކުރި މުސްލިމު ޒުވާނާ އިޤްރައު ހަސަން އަކީ އިންޑިއާގެ ޕާލަމެންޓުގެ މެމްބަރެކެވެ.
އިންޑިއާގެ މުސްލިމުންނަށް ދިމާވާ މައްސަލަތަކުގައި އެންމެ ކުރީގައި ހުންނަވައިގެން ވަކާލާތު ކުރައްވާ ބޭފުޅަކީ މައުލާނާ މަހުމޫދު މަދަނީއެވެ. އޭނާއަކީ މުސްލިމުންގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ޖަމުއިއްތަޔޭ އުލަމާއޭ ހިންގުގެ ސެކްރެޓަރީ ޖެނަރަލްއެވެ.
އިޒްރޭލުގެ ތާރީޚުގައި ޒަޔަނިސްޓުން ބަލިކޮށްލި ހަމައެކަނި ލީޑަރު ޝަހީދު ޔަޙުޔާ އިބްރާހީމް ސިންވާރު
މިއީ އޭއައި 2023 ގެ ލިސްޓުގައި ޓައިމް މަޖައްލާގެ 100 އެންމެ މުހިންމު މީހުންގެ ލިސްޓުގައި ހިމެނުނު މުސްތަފާ ސުލައިމާނަކީ ސީރިއާއަށް އުފަން އިނގިރޭސި ރައްޔިތެކެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ރިސާޗަރ އަދި ވިޔަފާރިވެރިޔެއެކެވެ.
މުސްތަފާ ސުލައިމާނަކީ ޓެކްސީ ޑްރައިވަރެއްގެ ދަރިއެކެވެ. މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް ވަނީ އެތައް ފަހަރަކު އޭނާއަށް ތައުރީފުކޮށް، އެއްދުވަހަކު ޓެކްނޮލޮޖީގެ ދުނިޔޭގައި ބޮޑު ނަމަކަށް ވެގެންދާނެ ކަމަށް ލަފާކޮށްފައެވެ.
2014 ވަނަ އަހަރު ގޫގުލް އިން ގަތް ޑީޕްމައިންޑް ކުންފުނި، 2010 ވަނަ އަހަރު އުފެއްދި ވަނީ އޭގެ ދިހަ އަހަރު ފަހުން 2024 ވަނަ އަހަރުގެ މާޗް މަހު މައިކްރޮސޮފްޓުގެ އޭއައި ޑިވިޝަންގެ ސީއީއޯގެ މަގާމާ ހަވާލުވެފައެވެ.
ފްރެންޗު މޮރޮކޯގެ ޑޮކްޓަރު، ޑރ ޔޫނެސް އަހައްލާލް މެޑިކަލް ދުނިޔޭގެ ތާރީޚުގައި ނަން ފަވާލެވިގެން ދިޔައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ ރޮބަޓެއްގެ އެހީގައި ކުރި ފުރަތަމަ އިންޓަރކޮންޓިނެންޓަލް ޕްރޮސްޓޭޓް އޮޕަރޭޝަނުންނެވެ.
ރޮބޮޓިކް އަދި ކެންސަރުގެ ސާޖަރީގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ ޔޫނެސް އަހައްލާލް މޮރޮކޯގެ ބަލިމީހެއްގެ ޕްރޮސްޓޭޓް ކެންސަރުގެ ސާޖަރީ ހެދީ ޗައިނާއިން އުފައްދާފައިވާ ޓޫމައި ރޮބޮޓް ގެ އެހީގައި 12،000 ކިލޯމީޓަރު ދުރުގައި ޝަންހާއީގައި އިނދެގެންނެވެ.
ފަރާޒް ޚާލިދު އުފަންވެ، ބޮޑުވެ، ސްކޫލް ތައުލީމު ހާސިލް ކުރީ ނިއުދިއްލީގަ އެވެ. ފަހުން ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ވާޓަން ސްކޫލުން އެންޓްރަޕްރިނިއަރިއަލް ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން އެމްބީއޭ ހާސިލް ކޮށްގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މަސައްކަތް ކުރިއެވެ.
ފަރާޒް ބޮޑަށް މަޝްހޫރުވެފައިވަނީ މެދުއިރުމަތީގެ ލީޑިން ފެޝަން އޮންލައިން ރީޓެއިލާއަކަށް ވެގެން ދިޔަ “ނަމްޝީ” ގެ ކޯ ފައުންޑަރެއްގެ ގޮތުގައެވެ.
މިހާރު އީ-ކޮމާސް ޕްލެޓްފޯމް “ނޫން” ގައި މަސައްކަތް ކުރަމުން އަންނަ ފަރާޒު މީޑިއާގެ ސަމާލުކަން ހޯދީ، މިއަހަރުގެ ޖުލައި މަހު ސައުދީ ރޯޔަލް ޑިކްރީއަކުން އޭނާއަށް ސައުދީ ރައްޔިތެއްކަން ދިނުމުންނެވެ.
ސޯފިޔާ ފިރުދައުސް އަކީ އޮޑިޝާ ކޮންގްރެސްގެ އިސް ލީޑަރު އަދި ކުރީގެ މެމްބަރު މުހައްމަދު މުޤީމްގެ ދަރިކަނބަލެކެވެ.
ސޯފިއާ ސުރުޚީތަކަށް އަރާފައިވަނީ، 2024 ވަނަ އަހަރުގެ ޖޫން މަހު އޮޑިޝާ އެސެމްބްލީ އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ކުރުމުންނެވެ.
އުމުރުން 32 އަހަރުގެ ފިރްދައުސް އަކީ ބުބަނޭޝްވަރުގެ ކޭއައިއައިޓީ ޔުނިވާސިޓީގެ ދަށުން ހިންގާ ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީން ސިވިލް އިންޖިނިއަރިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އުމުރުން 11 އަހަރުގެ ޕާކިސްތާނުގެ ފުރާވަރުގެ މުޙައްމަދު ހަސްނައިން މިދިޔަ އޮގަސްޓް މަހު ޓްރެންޑް ވަމުން ދިޔައިރު އޭނާ ވަނީ އޭނާ މުޙައްމަދު އަލީ ގެ ނަމުން ނަންދީފައިވާ އޭއައި އެސިސްޓެންޓް ރޮބޮޓެއް ދައްކާލާފައެވެ.
ހަސްނައިންގެ ރޮބޮޓުން އަޑުން އަމުރުތައް ބަލައިގަނެ، އިންސާނާ އިރުޝާދު ދޭ ގޮތަށް ޖަވާބުދެއެވެ.
ޓެކް އަށް ލޯބިކުރާ މީހުން ހައިރާންވި ކަމަކީ ޕާކިސްތާނުގެ ޒުވާނާ ބޭރުގެ އެހިއަކާ ނުލައި ހަރަކާތްތެރި ލޮލާއި އަނގަ ހުންނަ ރޮބޮޓެއް އަމިއްލައަށް އުފެއްދުމުންނެވެ.