ޗިލީ ކައިރިއަށް ބިން ހެލުމެއް އައުމުން ސުނާމީއަށް އިންޒާރު ދީފި

ޗިލީ ކައިރިއަށް 7.4 ގެ ބާރު މިނުގައި ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް އިންޒާރު ދީފިއެވެ.

މި ބިން ހެލުން އައީ ޗިލީގެ ގަޑިން 9:58 ހާއިރު ކޭޕް ހޯން އާއި އެންޓާކްޓިކާއާ ދެމެދުގައި އޮންނަ ޑްރޭކް ޕެސޭޖަށެވެ. 7.4ގެ ބާރުގަދަ ބިން ހެލުމުގައި މެގަލާންސް ސަރަހައްދާއި އެންޓާކްޓިކް ސަރަހައްދުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް މީހުން ނެރުމަށް ޗިލީން އެލާޓް ނެރުނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިން ހެލުމުގެ މަރުކަޒަކީ އާޖެންޓީނާގެ އުޝުއާޔާގެ ދެކުނުން 219 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ޗިލީގެ ނޭޝަނަލް ޑިޒާސްޓާ ޕްރިވެންޝަން އެންޑް ރެސްޕޮންސް ސާވިސް (ސެނަޕްރެޑް) އިން ވަނީ އައްސޭރިފަށުގެ ސަރަހައްދުތަކުން މީހުން ހުސްކޮށްފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް