ކަސްޓަމަރު ބޭނުން ތާކަށް ބޭނުންވާ ވަގުތަކު ޑެލިވަރީ ކޮށްދެނީ ހަމައެކަނި ސްޓީލް ހަރޑްވެއަރ އިން

ރަށެއްގައި ހުރެގެން މާލެއިން އެއްޗެތި ގެނައުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ފިހާރަތަކުން ޑެލިވަރީ ކޮށްދެއެވެ. ނަމަވެސް އެ ޑެލިވަރީއަކީ ހިލޭ ކޮށްދޭ ކަމެއްކަމުގައިވާތީ އެކަން އޮންނާނީ ފިހާރައިގެ އެހެން މަސައްކަތާ އެއްގޮތަށް ތާވަލު ކުރެވިފައެވެ. ސްޓީލް ހަރޑްވެއަރ އިން ވަނީ އެކަން ބަދަލުކޮށް ދައްކައިފައެވެ.

"އަޅުގަނޑުމެން އެކަން ބަދަލުކޮށްފިން." ވަރަށް ޔަގީންކަމާއެކު އިސްމާއީލް ޝާރިހް ކިޔައި ދެއެވެ. ޝާރިހް ދެކޭ ގޮތުގައި ކޮންމެ ކަސްޓަމަރަށްވެސް ދޭން ޖެހެނީ އެކަސްޓަމަރަކަށް ހެޔޮވަރުގެ ޚިދުމަތެކެވެ.

ޝާރިހްއަކީ ސްޓީލް ހަރޑްވެއަރގެ އެސިސްޓެންޓް މެނޭޖަރ ލޮޖިސްޓިކް އެވެ. ސްޓީލް ހަރޑްވެއަރގެ ޑެލިވަރީއާ ބެހޭ ގޮތުން ޝާރިހް ބުނަނީ، ސްޓީލް ހަރޑްވެއަރއަށް ކަސްޓަމާރގެ ރިކުއެސްޓު ލިބުމުން އޭނާ ބޭނުންވާ ތަނަކަށް ބޭނުންވާ ގަޑިއަކަށް ޑެލިވަރީ ހަދައި ދިނުމަކީ މިހާރު ސްޓީލް ހަރޑްވެއަރގެ އާންމު އުސޫލު ކަމަށެވެ.

"އާންމު ކޮށް ބުނެ އުޅޭނެ، ކަސްޓަމަރަކީ ކިންގްއޭ. އެހެންވީމަ ޑެލިވަރީވެސް ހުންނަން ޖެހޭނީ ކިންގް ބޭނުންވާ ގޮތަށް ކަމަށް އަޅުގަނޑު ދެކެނީ." ޝާރިހު ބުނެއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ހެޔޮވަރު ޚިދުމަތެއް ދިނުމުގެ މުހިންމުކަމުގެ ވާހަކަ ކިޔައި ދެމުން ބައެއް ކަސްޓަމަރުންގެ ފީޑްބެކް ވެސް ޝާރިހު ފޯނުން ދައްކައިލި އެވެ.

އޭނާ ދެއްކި ޗެޓްލޮގްގައި މުޅިންވެސް ހުރީ ޕޮޒިޓިވް ކޮމެންޓްތަކެވެ. ޑެލިވަރީއަށް ޝުކުރުއަދާ ކޮށްފަ ކަސްޓަމަރުން ފޮނުވާފަ ހުރި މެސެޖުތަކެވެ. ސްޓީލް ހަރޑްވެއަރގެ ޓީމަށް ޝުކުރު އަދާކުރަމުން ޝާރިހް ކިޔައިދިން ގޮތަށް ކޮންމެ ކަސްޓަމަރަކަށް ވެސް އެމީހަކު ބޭނުން ވާގޮތަށް ޑެލިވަރީކޮށްދީ އެކަން ވަގުތުން ފޮޓޯއިން އެމީހަކަށް އަންގައި ބަރާބަރަށް މުވާސަލުކޮށް ދިނުމަކީ އޭނާގެ ޑެލިވަރީ ޓީމަށް ލިބޭ ޚާއްސަ ހިތްހަމަ ޖެހުމެކެވެ.

ޝާރިހު ކިޔައިދިން ގޮތުގައި ސްޓީލް ހާރޑްވެއަރގައި ކޮންމެ ދުވަހަކީވެސް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ކަންކަން ކުރީ ދުވަހަށް ވުރެން އިތުރަށް ފުރިހަމަ ކުރުމަށް ޓީމެއްގެ ގޮތުގައި އެންމެން މަސައްކަތް ކުރާނެ ދުވަހެކެވެ.

"އަޅުގަނޑުމެންގެ މި ވިޔަފާރިއަކީ އާއިލީ ވިޔަފާރިއެއް. އެހެންވެ، އަޅުގަނޑުމެން ކުންފުނީގެ އެންމެންވެސް މަސައްކަތް ކުރަނީ އާއިލާއެއްގެ ގޮތުގައި. އެހެންވެ، ކޮމިއުނިކޭޝަންގެ މުހިންމުކަން އަޅުގަނޑުމެނަށް އިޙުސާސް ކުރެވޭ" ކަސްޓަމަރާއެކު ވާހަކަ ދައްކައި މުއާމަލާތު ކުރުމުގެ މުހިންމު ކަމަށް ވާހަކަ ދައްކަމުން ޝާރިހު ކިޔައިދިނެވެ.

މިވާހަކަތައް ކިޔައިދެމުން ދިޔައިރުވެސް އެކިއެކި ޑެލިވަރީގެ މަސައްކަތް ދާގޮތް ސުޕަވައިޒްކޮށް ޝާރިހު ދިޔައީ އިރުޝާދުތައް ދެމުންނެވެ.

ނިންމާލަމުން ޝާރިހު ބުނީ، ސްޓީލް ހާޑްވެއަރއިން މަސައްކަތް ކުރަނީ "ކަސްޓަމަރު ބޭނުން ތާކަށް ބޭނުން ވަގުތަކު ޑެލިވާ ކޮށްދިނުމަށް" ކަމަށެވެ. އަދި އިންތިޒާމު ކުރެވިފައިވާ އޮނިގަނޑެއްގެ ތެރޭން ބަރާބަރަށް އެކަން ކުރިއަށްދާ ކަމަށް އޭނާ ކިޔައިދިނެވެ.

ADV

ހިއްސާ ކުރައްވާ!