ގެސްޓްހައުސްތަކުގައި މެހެމާނުންނަށް ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށް ދިނުމުގައި އެމެނިޓީޒްއިން މުހިންމު ދައުރެއް އަދާ ކުރެއެވެ. ހޮސްޕިޓަލިޓީ ދާއިރާގައި ބޭނުން ކުރާ އެމެނިޓީޒްއަކީ، ހިތްގައިމު ކަމާއި ލަގްޒަރީ އިޙުސާސަކާއެކު ގެސްޓުންނަށް ހިތް ހަމަޖެހުމާއި އަރާމުކަމެއް ގެނަސްދޭ އެއްޗެއްކަމުގައި ވާން ޖެހެއެވެ.
ލަކޫނާ މޯލްޑިވްސްއަކީ ހައުސްކީޕިންގެ ތަޖުރިބާއާއެކު ފެންވަރު ރަނގަޅު އެމެނިޓީޒް ފޯރުވައިދޭ ކުންފުންޏެކެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބޭނުން ވަނީ އެހެން ވާދަވެރި ވިޔަފާރިތަކަށް ވުރެން ރަނގަޅު ފެންވަރެއްގައި ޚިދުމަތެއް ދޭށެވެ. ލަކޫނާ މޯލްޑިވްސް ގެސްޓްހައުސްތަކާ ގުޅިގެން މަސައްކަތް ކުރަނީ އެ މަގްސަދު ހާސިލު ކޮށްދިނުމަށެވެ.
އެހެންވެ، ލަކޫނާ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ތަޖުރިބާއަށް އެންމެ އެކަށީގެންވާ އެނިމިޓީޒް ފޯރިކޮށްދިނުމުގައި ހޮސްޕިޓަލިޓީގެ ދާއިރާގައި މަގްބޫލުކަން ހޯދާފައެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުން މިހާތަނަށް ލިބިފައި ވަނީ ވަރަށްވެސް ރަނގަޅު، އެދެވޭ ފީޑްބެކެކެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަޖުރިބާއަކީ ހަނދާން ނުނެތޭފަދަ ތަޖުރިބާއެއްކަމުގައި ހަދައި ދިނުމުގައި ރިސޯޓުތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާ ބައިވެރި ވުމަކީ ލަކޫނާ މޯލްޑިވްސްގެ އަމާޒެކެވެ.
ލަކޫނާ މޯލްޑިވްސް އިން ހުށަހަޅާ ކޮންމެ ބްރޭންޑަކީ ފަރުވާތެރިކަމާއެކު ހޮވާލެވިފައިވާ ބްރޭންޑެކެވެ. އަދި އެކުންފުނިން ހުށަހަޅާ ކޮންމެ ޕްރޮޑަކްޓަކީ، ފަރުވާތެރިކަމާއެކު ޕެކޭޖުކޮށްފައިވާ، ކަސްޓަމް ޕްރޮޑަކްޓެކެވެ. އަދި އެއީ، މަތީ ފެންވަރުގެ ހޮސްޕިޓާލިޓީގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތްވާގޮތަށް އުފައްދާފައިވާ އުފެއްދުންތަކެކެވެ.
ފެންވަރު ރަނގަޅު އުފެއްދުންތައް ބޭނުން ކުރުމުގެ ސަބަބުން މެހެމާނުންގެ އަގު ވަޒަން ކުރާ ކަމުގެ އިހުސާސެއް ލިބިގެން ދާނެއެވެ. ލަކޫނާ މޯލްޑިވްސްއިން މަތީ ފެންވަރުގެ އެނިމިޓީޒް ފޯރުކޮށްދެނީ، ސަޕްލައިކޮށް ދިނުމުގެ ޔަގީންކަމާ އިތުބާރާއެކުގައެވެ.
ލަކުނާ މޯލްޑިވްސްއަށް ޒިޔާރަތް ކުރެއްވުމަށް: ގ. ހުދުރުވާވިލާ، އަލި ކިލެގެފާނު މަގު.
އިތުރު މައުލޫމާތު ހޯއްދެވުމަށް: 3328866 | 7225002 | 9988555








