ދެން އޮންނަ އިންޑިއާ-ރަޝިއާ ސަމިޓް ނިއުދިއްލީގައި ބާއްވަން ހަމަޖެހިފައިވެއެވެ. ނަމަވެސް އަދި ތާރީހުތަކާ ބެހޭ ގޮތުން ދެފަރާތުން މަޝްވަރާ ކުރަމުންދާ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
އިންޑިއާއާއި ރަޝިޔާއިން އަހަރަކު އެއްފަހަރު ބާއްވާ އަހަރީ ސަމިޓުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާތައް ބާއްވަމުން ގެންދެއެވެ. އޭގެ ތެރޭގައި، ވިޔަފާރިއާއި ދިފާއީ ދާއިރާއާއި ހަކަތައާބެހޭ އެއްބާރުލުންތަކަށް މަޗްވަރާ ކުރެވެއެވެ.
އިންޑިއާއާއި ރަޝިޔާގެ ދެގައުމުގެ ވިޔަފާރި ވަނީ މިދިޔަ އަހަރު 65.7 ބިލިއަން ޑޮލަރަށް އަރާފައެވެ. އިންޑިއާގެ އަމާޒަކީ ރަޝިޔާއަށް އެކްސްޕޯޓް އިތުރުކޮށްގެން ވިޔަފާރި އަރަނި ކުރުމެވެ.
އެގޮތުން ދެ ފަރާތުން ވިސްނާ މަޝްރޫއުތަކުގެ ތެރޭގައި އެއްގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ޗެންނާއީ-ވްލަޑިވޮސްޓޮކް މެރިޓައިމް ކޮރިޑޯ ފަދަ ކަނޑާއި އެއްގަމު ދަތުރުފަތުރު ގުޅުވާލާ މަޝްރޫއުތަކާ ބެހޭ މަޝްވަރާތަކާއި މުހިންމު މައުދަންތައް ނަގައި ސާފުކުރުމުގައި އެއްބާރުލުން ދިނުމުން ގުޅުންތައް އިތުރަށް ބަދަހި ކުރުންވެސް ހިމެނެއެވެ.
