މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، 2025 ވަނަ އަހަރުގެ މިހާތަނަށް ސަރުކާރުގެ އެކި ތަޢުލީމީ ޕްރޮގްރާމުތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މި އަހަރުގެ ތެރޭގައި ދޫކުރެވުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ދަރިވަރުންގެ ލޯނު ޕްރޮގްރާމުގެ ދަށުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ 1 އިން އޯގަސްޓު 7 އާ ހަމައަށް 311 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި އަހަރުގެ ތެރޭގައި އަލަށް 282 ދަރިވަރަކަށް ލޯނު ދޫކުރެވިފައިވާ އިރު، 382 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މިހާރު ދިވެހިރާއްޖެއާއި ބޭރުގެ 40 ޤައުމެއްގައި ޖުމްލަ 1,676 ދަރިވަރަކު މި ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވަމުން ގެންދެއެވެ.
ފާއިތުވި އަހަރު މި ޕްރޮގްރާމުގެ ދަށުން 1,159 ދަރިވަރަކު ކިޔަވަމުން ދިޔައިރު، 964 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި 2022 އާއި 2025 ގެ މިހާތަނަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދަރިވަރުންގެ ލޯނު ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއީ ސަރުކާރުން މަތީ ތަޢުލީމަށް ދެމުންގެންދާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.





