އައިފޯން 17 ތައާރަފްކޮށްފި

އެޕަލް އިން އިންޑިއާގައި އެ ކުންފުނީގެ އެންމެ ވަރުގަދަ އައިފޯންތައް ކަމަށްވާ އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް މޮޑެލް ރަސްމީކޮށް ތައާރަފްކޮށްފި އެވެ. އެ ކުންފުނީގެ “އޯ ޑްރޮޕިން” އިވެންޓުގައި ހާމަކުރި މި އާ ޑިވައިސްތަކުގައި 48 މެގަޕިކްސަލްގެ 3 ކެމެރާ ސިސްޓަމާއި 8ކޭ ފެންވަރުގައި ވީޑިއޯ ރެކޯޑު ކުރެވެއެވެ. މި ފޯނުތަކުގައި ހިމެނެނީ އެންމެ ޒަމާނީ އޭ19 ޕްރޯ ޗިޕް އެވެ.

އައިފޯން 17 ތައާރަފްކޮށްފައި ވަނީ އާދައިގެ ސިލްސިލާއަކާއި ޕްރޯ ސިލްސިލާއެއް ގެ ގޮތުގައެވެ. ޕްރޯ ސިލްސިލާގައި ފޯނުގެ ކަވަރު އުފައްދާފައި ވަނީ ހޫނުކޮށްގެން އުފައްދާފައިވާ އެލްމިނިއަމް އަދި ސެރަމިކް ލެވިފައިވާ ކަވަރަކާއެކުގައެވެ.

އައިފޯން 17 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހިމެނެއެވެ. ޕްރޯ މެކްސްގައި 6.9 އިންޗީގެ ޑިސްޕްލޭއެކެވެ. އަދި މި ފޯންތަކުގައި، 39 ގަޑިއިރުގެ ވީޑިއޯ ބަލާލެވޭނެއެވެ.

މި ފޯނުގެ ބެޓެރިއަކީ މިހާތަނަށް ލިބޭ އެންމެ ގިނައިރު ޗާޖު ކުރުމަކާ ނުލައި ބެނުން ކުރެވޭ ބެޓެރިއެވެ.

އައު އައިފޯންތައް ލިބެނީ ކޮސްމިކް އޮރެންޖް، ޑީޕް ބްލޫ، އަދި ސިލްވަރ ކުލަތަކުގައެވެ.

މި ފޯންތައް އުފައްދާފައި ވަނީ އިންޑިއާގައެވެ. އިންޑިއާގައި އައިފޯން 17 ޕްރޯގެ އަގަކީ 1،34،900 ₹ (23700 ދިވެހި ރުފިޔާ) އަދި ޕްރޯ މެކްސްގެ އަގަކީ 1،49،900 ₹ (26،300 ދިވެހި ރުފިޔާ) އެވެ.

މި ފޯނު ލިބެން ހުންނާނީ ސެޕްޓެމްބަރު 19 އިން ފެށިގެންނެވެ.

ހިއްސާ ކުރައްވާ!