ފްރާންސްގައި ހަލާލު ކާނާ ވިއްކުމަށް ސަރުކާރުން ހުރަސް އަޅަނީ

ފްރާންސްގައި އިސްލާމީ އާދަކާދަތަކަށް ސަރުކާރުން ހުރަސްތައް އިތުރު ކުރަމުން ދިޔަ ނަމަވެސް، ޙަލާލް ކާބޯތަކެތީގެ ވިޔަފާރި ވަނީ ފުޅާ ދާއިރާއެއްގައި ފެތުރިފައެވެ. ފްރާންސްގެ ބޮޑެތި ސުޕަރމާކެޓްތަކުގައި ވަކި ވަކި ހަލާލު ޑިޕާޓްތަންޓްތައް އުފައްދާފައި ވެއެވެ. ސަރުކާރުން އިސްލާމީ ޝިއާރުތަކާ ދެކޮޅަށް ފިޔަވަޅު އަޅާއިރުވެސް އާދައިގެ ދުވަސްތަކާއި އިސްލާމީ މުނާސަބާތަކުގައި ވިޔަފާރި ރަނގަޅު ކަމަށް ދައްކައެވެ. ފްރާންސަކީ ޔޫރަޕްގައި އެންމެ މުސްލިމުން ގިނަ ގައުމެވެ. 1960 ގެ އަހަރުތަކުގައި އަލްޖަޒާއިރާއި މޮރޮކޯއިން އައި މުސްލިމް މުހާޖިރުންނާއެކު ފެށުނު މި ވިޔަފާރިތައް ވަނީ 1990 ގެ އަހަރުތަކުގައި ވަނީ ފުރިހަމަ ޞިނާޢަތަކަށް ބަދަލުވެފައެވެ. މުސްލިމުންގެ ދިރިއުޅުން ތަނަވަސްވެ އެމީހުންނަކީ ތަނަވަސް އާމްދަނީ އެއް ލިބޭ ބައެއްކަމަށް ވުމުން މިކަމަށް ހެޔޮ އަސަރު ކޮށްފައި ވެއެވެ.

ފްރާންސްގައި ހަލާލު ކާނާއާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ފަރާތަކީ މުނާފިގު މުސްލިމަކަށް އުފަން މީހެކެވެ. އެމީހާއަކީ މިހާރުގެ ޖަސްޓިސް މިނިސްޓަރެވެ. އަދި އޭގެ ކުރިން އޭނާ ހުރީ މެކްރޮން ސަރުކާރުގެ ދާޚިލީ ވަޒީރަކަށެވެ.، އަދި އޭގެ ކުރިން މާލީ ވަޒީރުގެ މަގާމުގައެވެ. ޖެރާލްޑް ދާރްމާންގެ މާމައާއި ކާފައަކީ މުސްލިމުންނެވެ. އޭނާގެ ކާފަ މޫސާ (ފޮޓޯގައި) އަކީ އަލްޖަޒާއިރުގައި އިސްތިއުމާރު ސިފައިންނަށް ގުލާނު ކޮށްދޭން އުޅުނު މީހެކެވެ. ފަހުން ފްރާންސަށް ހިޖުރަކޮށްފައި ރެސްޓޯރެންސެއް ހިންގަން އުޅުނީއެވެ. އޭނާގެ މަންމައަކީ ޕެރިހުގައި މުއްސަދިންގެ އިމާރާތްތަކުގެ ބޭރުގައި ދޮރުވާނަކަށް އުޅުނު މީހެކެވެ.

ޖެރާލްޑް ދާރްމާނަން ވަނީ 2012 ގެ ފްރެންޗް ރިޔާސީ އިންތިޚާބުގައި ޙަލާލް ކާބޯތަކެތި ސިޔާސީ މައްސަލައަކަށް ހަދާފައެވެ. ހައްދުފަހަނައަޅާފައިވާ ސިޔާސީ ލީޑަރުން ވަނީ، ޙަލާލް ގޮތުގައި ޖަނަވާރު ޒަބަހަ ކުރުމާއި ދެކޮޅު ހަދައި އެއީ ޞިއްޙީ ނުރައްކަލެއް ކަމަށް ބުނެފައެވެ. އަދި ހަލާލު ކާނާ ކެއުމާއި އޫރު މަސް ދެކެ ލޯބި ނުވުމަކީ ފްރާންސްގެ މީހެއްކަން ދައްކައި ދޭ ސިފައަށް އުނިކަމެއް ގެނައުން ކަމަށްވެސް ސިފަކޮށްފައި ވެއެވެ. މުސްލިމުން ބުނަނީ ހަލާކު ކާނާކެއުމަކީ އެމީހުންނަށް ސަގާފީ ކަމެއް ކަމަށެވެ.

ފްރާންސްގައި ޙަލާލް ކާބޯތަކެތީގެ ވިޔަފާރި ބިލިއަންތަކަށް އަރާކަމަށް ލަފާކުރެވެއެވެ. ބައެއް ޔަހޫދީންނާއި ވިޔަފާރި ވެރިން މި ވިޔަފާރިއަށް ވަދެ އެމީހުންގެ އުފެއްދުން ހަލާލު ތަކެތި ކަމަށް ހަދައިގެން ވިޔަފާރި ކުރަނިކޮށް ބޭޒާރުކޮށްފައި ވެއެވެ. ރާއްޖޭގައިވެސް ފްރާންސުން ހަލާލު ލޭބަލް ޖަހާފައި ހުންނަ ކުކުޅާއި ކުކުޅުގެ މަހުގެ ބާވަތްތައް އެތެރެ ކުރެއެވެ.

ފްރާންސުން ދެކެނީ ހަލާލު ކާނާ ވިއްކުމަކީ ފްރާންސްގެ އިލްމާނީ ޚިޔާލަށް ގޮންޖެހުމެއް ކަމުގައެވެ.

ހިއްސާ ކުރައްވާ!