ކީރ ސްޓާމާ މުމްބާއިގައި

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކީރ ސްޓާމަރ ވަނީ މުންބާއީގައި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، އިނގިރޭސިވިލާތާއި އިންޑިޔާ ދެމެދު ވެވުނު މިނިވަން ވިޔަފާރި އެއްބަސްވުމަކީ ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށްފަހު ވެވުނު އެންމެ ބޮޑު އެއްބަސްވުން ކަމުގައި ފާހަގަކުރައްވާފައެވެ. މި އެއްބަސްވުމަކީ 2024 ވަނަ އަހަރުގެ ޖުލައި މަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އަހަރަކު 25.5 ބިލިއަން ޕައުންޑުގެ ވިޔަފާރި ދެ ގައުމުގެ ދެމެދު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ފޭރާމާއި ވިސްކީ އަދި އުޅަނދު ފަދަ ތަކެތީގެ ޓެރިފް ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެއެވެ. އިނގިރޭސިވިލާތުން ވަނީ އިންޑިއާއިން ގެންދާ މުދަލަށް 99.1 އިންސައްތަ އަށް ޑިއުޓީ ހިލޭ ކުރުމަށް ރާވާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޖިނިއަރިންއާއި ކުޅިވަރު ތަކެތީގެ ދާއިރާތަކުން އެތައް ހާސްތަކެއް ވަޒީފާތައް އުފެދޭނެ ކަމަށް ބެލެވެއެވެ. ސްޓާމަރގެ މި ވަފްދަކީ އިނގިރޭސިވިލާތުން އިންޑިޔާއަށް ޒިޔާރަތް ކުރާ އެންމެ ބޮޑު ވިޔަފާރި ވަފްދެވެ.. މި އެއްބަސްވުމަކީ ބްރެކްސިޓަށް ފަހު ދެ ގައުމުގެ ދެމެދުގައި ވެވުނު އިޤްތިޞާދީ ގުޅުން ބަދަހިކުރުމުގެ މުހިންމު މަރުހަލާއެއް ކަމުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!