ތިމާ ލާން ބޭނުން ކުރާ ކުޅިވަރު ހެދުމާ އެއްގޮތް ހެދުން ތިމާގެ ޕެޓް ކުއްތާއަށް ލެވޭ ގޮތަށް އެޑީޑާސް އިން ހަމަޖައްސައިފިއެވެ. އެޑިޑާސްއިން ޕެޓްސްވެއަރގެ ފިނިމޫސުމްގެ ކަލެކްޝަން ނެރުނު އިރު ނެރެފައި ވަނީ ޕެޓްތަކަށް ޚާއްސަ ކަލެކްޝަނަކާއެކުގައެވެ.
އެޑިޑާސްއިން ކުއްތާއާއި ބުޅަލަށް ލެވޭ ގޮތަށް އުފައްދާފައިވާ ޖާޒީތައް ދައްކާލާފައި ވަނީ ޗައިނާގައެވެ. މި "އޮރިޖިނަލްސް" ކަލެކްޝަން ވަނީ ޝަންހާއީ، ބެއިޖިންގ އަދި ޗެންގްޑޫގެ މައި ސްޓޯރތަކުގައި އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ވިއްކަން ފަށާފައެވެ.
މި ކަލެކްޝަން ލިބެން ހުންނާނީ 4 ކުލައެއްގައެވެ. އެއީ ކަޅު، ނޫ، ފެހި އަދި ރޯޒް ކުލައިގައެވެ. މިއީ އެކުންފުނިން މިފަދަ ކަލެކްޝަނެއް ނެރުނު ދެވަނަ ފަހަރެވެ.
މިފަހަރުގެ ކަލެކްޝަންގައި ވަނީ ސައިޒްތައް އެކްސްއެސް އިން 2އެކްސްއެލްއަށް ބޮޑުކޮށްފައެވެ. މިއީ އެކި ސައިޒްގެ ޕެޓްސްތަކަށް އެކަށޭނަ ސައިޒްތަކެއް ހޯދުމަށް ފަސޭހަވާނެ ކަމަށް ބަލާފައި ގެނަސްފައިޥާ ބަދަލެކެވެ!