އަސްލު ކޯޅުން ފެށޭނީ ފުރަތަމަ މަރުހަލާއަށްފަހު: ޑރ. ހަނާން ޢަޝްރާވީ

ފަލަސްޠީނުގެ ސިޔާސީ ލީޑަރު އަދި ކުރީގެ ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު ހަނާން އަޝްރަވީ ވިދާޅުވަނީ ޣައްޒާގެ ހަމަޖެހުމުގެ އެއްބަސްވުމުގެ "އަސްލު ގޮންޖެހުން" ކުރިމަތިވާން ފަށާނީ ފުރަތަމަ ފިޔަވަހި ނިމުމަށްފަހު އެވެ. އަދި، އަލުން ގައްޒާ ބިނާކުރުމާއި ވެރިކަން ހިންގުމުގެ މައްސަލަތަކަށް ސަމާލުކަން ދޭންޖެހޭ ވަގުތު މައްސަލަ އޮޅުން ބޮޅުންވާން ފަށާނެ ކަމަށެވެ.

އިޒްރޭލުގެ ސިފައިން ޣައްޒާއިން ފައިބައި، އަސީރުންނާއި ވަގަށް ނަގާފައިވާ މީހުން ދޫކޮށްލައި، އަދި ކާނާއާއި ބޭސްފަރުވާގެ ތަކެތި ވެއްދުމަށްފަހު، ފަލަސްޠީނުގެ އެއްބައިވަންތަކަމާއި އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އަޝްރަވީ ފާހަގަކުރެއްވި ގޮތުގައި އިޒްރޭލުގެ ސަރުކާރުން ބިން ހިފުމުގެ އެޖެންޑާ ކުރިއަށް ގެންދާއިރު، ހުލަނގު އައްސޭރިއަށް ސިފައިންނާއި ސެޓްލަރުންގެ ފަރާތުން އުދުވާނީ ހަމަލަތައް އަދިވެސް އަމާޒުކުރަމުން ގެންދެއެވެ. އަދި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލު ނުހޯދައިފިނަމަ، ހަގީގީ ސުލްހައެއް ނުވަތަ ހަމަޖެހުމެއް ކުރިމަގުގައި ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މިކަން ހާމަ ކުރެއްވީ އެކްސް ގައެވެ.

ހިއްސާ ކުރައްވާ!