ކުޑަ ކުދިންނަށް ގޯނާކޮށްގެން 35 އަހަރަށް ޖަލަށްލީ މީހާއަށް ހެދީ ކިހިނެއް؟

ކުޑަ ކުދިންނަށް ޖިންސީ ގޯނާކޮށްގެން ލަޖަށް ލާފައި ހުރި އިނގިރޭސި ރޮކް ބޭންޑް ލޮސްޓްޕްރޮފެޓްސްގެ ކުރީގެ ލީޑް ސިންގަރު އިއާން ވޯޓްކިންސް (48 އަހަރު) ޖަލުގައި ހުއްޓައި ކަރުއަޅައިގެން މ،ަރާލައިފިއެވެ. އޭނާ ހުރީ ވެސްޓް ޔޯކްޝަޔަރގެ ވޭކްފީލްޑް ޖަލުގައެވެ. އޭނާ މަރާލާފައި ވަނީ އެހެން ގައިދީއެކެވެ. އޭނާގެ ކަރުއަޅާލީ، މިއަދު ހެނދުނު ޖަލުގެ ގޮޅިތައް ހުޅުވާލި ވަގުތުއެވެ.

ވޯޓްކިންސް އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއްގައި ޝަރީއަތް ކޮށްފައިވާ 2013 ވަނަ އަހަރު 13 ދަޢުވާއަކަށް 35 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ މީހެކެވެ. އޭނާގެ މައްޗަށް ސާބިތުވި މައްސަލަތަކަކީ އިނގިރޭސި ޖިނާއީ ތާރީޚުގައި ފެނުނު ނުރައްކާތެރި މައްސަލަތަކެވެ.

ޙަމަލާދިން ގައިދީ ބޭނުންކޮށްފައިވަނީ ޖަލުގައި އަމިއްލައަށް އުފެއްދި ތޫނު ހަތިޔާރެކެވެ. ޙަމަލާއަށްފަހު ވޯޓްކިންސް މަރުވީ ހޮސްޕިޓަލަށް ގެންދަނިކޮށެވެ.

މިއީ ވޯޓްކިންސްއަށް ޖަލުގައި ދިން ފުރަތަމަ ޙަމަލާއެއް ނޫނެވެ. 2023 ވަނަ އަހަރު ތިން ގައިދީއަކު ވެގެން އޭނާއަށް ޙަމަލާދީ، ގިނަ ވަގުތުތަކެއް ވަންދެން ރަހީނުކޮށްފައި ބެހެއްޓިއެވެ. ވޯޓްކިންސްއަކީ 1990 ގެ އަހަރުތަކުގައި މަޝްހޫރުވި ލޮސްޓްޕްރޮފެޓްސް ބޭންޑުގެ ބާނީ އަދި އެ ބޭންޑްގެ ލީޑް ސިންގަރެވެ.

ހިއްސާ ކުރައްވާ!