ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސައުދީ ޝޫރާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ޑރ. ޢަބްދުﷲ ޢުމަރު ނަޞީފް އަވަހާރަވެއްޖެއެވެ. އެމަނިކުފާނަކީ 50 އަހަރަށްވުރެ ގިނަ ދުވަހު ޢިލްމާއި އިސްލާމީ ދަޢުވަތުގެ މސައްކަތުގައިއާއި ގައުމީ ޚިދުމަތުގައި ހޭދަކުރެއްވި ބޭފުޅެކެވެ.
1939 ވަނަ އަހަރު ޖިއްދާގައި އުފަންވެވަޑައިގެން، ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ކިންގް ސަޢޫދު ޔުނިވަރސިޓީން ޖިއޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވިއެވެ. އޭގެފަހުން ޕީ.އެޗް.ޑީ ހާސިލުކުރައްވައި، ޔުނިވަރސިޓީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.
ފަހުން ކިންގް ޢަބްދުލްޢަޒީޒް ޔުނިވަރސިޓީގެ ރައީސްކަން ވެސް ކުރެއްވިއެވެ. އަދި ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްލާމީ މައްސަލަތަކުގައި ވަކާލާތުކުރައްވައި، ތަފާތު ޘަޤާފަތްތަކާއި ދީންތަކުގެ މެދުގައި މަޗްވަރާއާއި ޚިޔާލު ބަދަލު ކުރުމަށް މަސައްކަތްކުރެއްވިއެވެ.
ޑރ. ޢަބްދުﷲ ޢުމަރު ނަޞީފަކީ ގިނަ ފޮތްތައް ތައުލީފު ކުރެއްވި މުސަންނިފެކެވެ. އަދި މެދުމިނުގެ ފިކުރު ފެރުރުއްވުމުގައި ދުނިޔޭގެ ޢިލްމުވެރިންގެ މެދުގައި ޤަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ