ދެކުނު ކޮރެއާގައި އޮންނަ އޭޕެކް ސަމިޓްގައި ހަލާލު ކާނާއަށް ސަމާލުކަން ދޭނެ

2025 ވަނަ އަހަރުގެ އޭޕެކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު ކޮރެއާގެ ގިއޯންގްޖު ސިޓީގައި މުސްލިމް މެހެމާނުންނަށް ހަލާލު ކާނާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސިޓީގެ މޭޔަރު އިއުލާން ކުރައްވައިފިއެވެ.  ސިޓީގެ އޮފިޝަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮކްޓޯބަރު 27 އިން ނޮވެމްބަރު 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓްގައި ބޯމުން ޓުއަރިޒަމް ކޮމްޕްލެކްސްގައި "ހައި އޭޝިއާ" ނަމަކަށް ކިޔާ ރެސްޓޯރަންޓެއް ހުޅުވާނެއެވެ. މި ރެސްޓޯރަންޓުން ހަލާލު މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރެވޭ ކާނާ ބުފޭ ސްޓައިލްގައި ހެނދުނާއި، މެންދުރު އަދި ރޭގަނޑުގެ ކެއުމަށް ފޯރުކޮށްދޭނެއެވެ.

ދެކުނު ކޮރެއާއަކީ މުސްލިމު ފަތުރުވެރިން އިތުރު ކުރުމަށްޓަކައި މުސްލިމު ފަތުރުވެރިންނަށް ބޭނުންވާ ހަލާލު ކާނާ ތައްޔާރު ކުރުމަށާއި އެފަދަ ކާނާ ތައްޔާރު ކުރާ ގޮތުގެ ތަމްރީނު ޕްރޮގްރާމުތައްވެސް ހިންގާ ގައުމެކެވެ. އަދި މުސްލިމް ފަތުރުވެރިންނަށްޓަކައި ހޮޓާތަކުަގއި ނަމާދު ކޮޓަރި ޚާއްސަކުރުމާއި ގިބުލަ އަންގައިދޭ ނިޝާންތައް ހަރުކުރުމަށްވެސް ސަމާލުކަން ދެއެވެ.

ހިއްސާ ކުރައްވާ!