ޔަހޫދީން އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް ބަލައިގެން ނުވާނެ! ޖެނޮސައިޑް ހަމަލަތައް ފަށައިފި

ޔަހުދީން އަލުން ޖެނޮސައިޑް ހަމަލަތައް ދޭން ފަށައިފިއެވެ. މި ހަމަލާގައި ޖެނޮސައިޑް ފޯސް އިން ވަނީ އެތައް ސަރަހައްދަކަށް ވައިގެ މަގުން ހަމަލާ ދީފައެވެ. މި ހަމަލަތަކުގައި ޑްރޯންވެސް ބޭނުން ކޮށްފައި ވެއެވެ. ހަމާސްއާއި ފަލސްޠީނުގެ ޖަމާއަތްތަކުން ބުނާ ގޮތުގައި ޖެނޮސައިޑް ފޯސް އިން ވަނީ ވަގުތީ ގޮތުން ޖެނޮސައިޑް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާ ޚިލާފްވެފައެވެ. އަދި އެކަން މެދުވެރިންގެ ގޮތުގައި ތިބި ޓްރަމްޕަށް ޚުޝާމަދު ކުރާ އަރަބި ގައުމުތަކުގެ ސަމާލަުކަމަށް ގެނަސްފައި ވެއެވެ.

މިއަދު ފެށި ޖެނޮސައިޑް ހަމަލަތަކުގައި ކުޑަކުދިންނާއި ނޫސްވެރިއަކާއެކު ވިއްސަކަށް މީހުން ޗަހީދު ވެފައި ވެއެވެ. އަދި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި ޖެނޮސއިޑް ހަނގުރާމަ ހުއްޓާލައި ޔަހޫދީން އަރާމުކޮށްލި ދުވަސްތަކުގައިވެސް ޖުމްލަ 51 މީހުން ޝަހީދުކޮށް 150 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްފައި ވެއެވެ.

ކޮންމެ ހަމަލައެއްގައިވެސް މީހުން ޝަހީދުކޮށްފައި ވަނީ ގަނޑުކޮށެވެ. އަލްޒުވައިދާގައި ހިންގި ގަތުލުއާންމުގައި 6 މީހަކު ޝަހީދުކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކީ ނޫސްވެރިއެކެވެ.

ދޭރުލްބަލަޙްގައި މީހުން އެއްވެ ތިބި ކެފޭއަކާއި ކައިރީގައި ހުރި ގެތަކަށް ބޮން އަޅައި ފަސް މީހަކު ޝަހީދުކޮށްފައި ވެއެވެ؛

އެމްބިއުލާންސްތަކުން ޔަހޫދީންގެ ހަމަލަތަކުގައި ޒަޚަމްވެފައިޥާ މީހުން އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ގެންދިޔައިރު، ފަރުވާ ދޭމނެ ގޮތްތައް ނެތިގެން އެތަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔަހޫދީން ބޮން އަޅައިގެން ގެތައް ގޮއްވާފައިޥާ އާއިލާތަކުން އައްނޫސެއިރާތު ކޭމްޕްގައި ހިޔާވަހިކަން ހޯދާފައިވާއިރު އެތަނަށް ދެ ޑްރޯން ހަމަލާދީ ތިން މީހަކު އެއްފަހަރާ ޝަހީދުކޮށްފައި ވެއެވެ.

ޖަބަލިއާގައި މީހުން ދިރިއުޅޭ ގެއަކަށް ވައިގެ މަގުން ހަމަލާދީ ދެ މީހަކު ޝަހީދުކޮށްފައި ވެއެވެ.

އަލް ބުރެއިޖް ކޭމްޕަށް ޔަހޫދީ ޖެނޮސައިޑް ފޯސްއިން ހަމަލަދީ އަބްދުލް ހާދީ އާއިލާގެ ގެ ހަލާކުކޮށްލާފައި ވެއެވެ.

އަލްމަޣާޒީ ކޭމްޕަށް ބޮޑު ބަޑިންނާއި ވައިގެ ހަމަލާތަކެއްދީ އެތައް ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

ޚާން ޔޫނިސްގައި ޑްރޯން ހަމަލާއެއް ދީ، ގެދޮރު ގެއްލިފައިވާ މީހުން އަސްދާ ޖަންކްޝަން ކައިރީގައި ތިބި ފޭލި ގެތަކަށް ބޮން އެޅުމުން ދެ މީހަކަށް އަނިޔާވެފައި ވެއެވެ.

އަބަސާން އާއި އަލްޒާނާގެ ގެތަކާއި މަގުތަކަށްވެސް ބޮން އަޅާފައި ވެއެވެ.

އައްސިދްރާގެ ވަށައިގެންވާ މަގުތަކަށް ބޮން އަލައި ގެއްލުން ދީފައި ވެއެވެ.

މިއަދުގެ ހަމަލާތަކަކީ ޖެނޮސައިޑް ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވިފަހުން ދިން އެންމެ ވަރުގަދަ ހަމަލަތަކެވެ.

ޖެނޮސައިޑް ފޯސްއިން 47 ފަހަރު މަތިން އެއްބަސްވުމާ ޚިލާފްވެފައިޥާ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!