އިންޑިއާ-ރަޝިއާ ގުޅުން: މޯދީ އާއި ޕޫޓިންގެ ޕްރެސް ކޮންފަރެންސްގައި

ފުރަމާނަ ދަތުރުފުޅެއްގައި ނިއުދިއްލީއަށް ވަޑައިގަތް ރަޝިޔާގެ ރައީސާއި އިންޑިއާ ބޮޑު ވަޒީރު ނިއުދިއްލީގައި ބޭއްވި ގުޅިފައިވާ ނޫސް ކޮންފަރެންސެއް ބާއްވަވައި ފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕޫޓިން ވަނީ އިންޑިއާ-ރަޝިއާގެ ބައިވެރިކަމުގެ ގުޅުން ސާބިތުކޮށް އޮތް ކަމަށާއި ވިޔަފާރި، ދިފާއީ އަދި ހަކަތައިގެ އެއްބާރުލުންތަކުގެ ދާއިރާގެ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދެ ޤައުމުގެ ގުޅުންތައް ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް ވަރުގަދަވެފައިވާކަން ދެ ލީޑަރުން ވެސް ފާހަގަކުރެއްވިއެވެ.

ދެ ލީޑަރުން ފާހަގަ ކުރެއްވި މުހިންމު ނުކުތާތައް:

  • ދެ ލީޑަރުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގެ "ޚާއްސަ އިމްތިޔާޒުތައް ދެވިފައިވާ ސްޓްރެޓެޖިކް ޕާޓްނަޝިޕް" ރަސްމީކޮށް އިއުލާން ކުރިތާ 25 އަހަރު ފުރިފައިވާކަން އަލުން ކަށަވަރުކޮށްދެއްވާފަ.
  • ދެ ލީޑަރުން ވަނީ ދިފާއީ، ހަކަތަ، ޓެކްނޮލޮޖީ، އަދި ޖައްވީ ދާއިރާއިން އެއްބާރުލުން ދިނުމަށް އަލިއަޅުވާލައްވާފަ.
  • ދުނިޔޭގެ ޖިއޮޕޮލިޓިކަލް މާހައުލުގައި ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވާފަ.
  • އިންޑިއާ އަކީ ސުލްހައަށް މަސައްކަތްކުރާ ބާރެއްގެ ގޮތުގައި ދެއްކެވިއިރު ޕޫޓިން ވަނީ އިތުބާރާއި ދިގު މުއްދަތުގެ ސްޓްރެޓެޖިކް ގުޅި ލާމެހިފައިވާ ގުޅުމެއް އޮތް ކަމަށް ވިދާޅުވެފަ.

"އިންޑިއާއަކީ ވަކި ފަރާތަކަށް ޖެހިފައިވާ ޤައުމެއް ނޫން، އަޅުގަނޑުމެން ތިބީ ސުލްހައިގެ ފަރާތުގައި" މޮދީ

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި ގުޅުމަކީ "ޒަމާނާއެކު ތަޖުރިބާކޮށްފައިވާ އަދި ކުރިއަރަމުންދާ" ގުޅުމެއް ކަމަށެވެ. އަދި އިންޑިއާއަކީ "ވަކި ފަރާތަކަށް ޖެހިފައިވާ ޤައުމެއް ނޫން، އަޅުގަނޑުމެން ތިބީ ސުލްހައިގެ ފަރާތުގައި" ކަމަށް ވިދާޅުވިއެވެ. މި ގުޅުމުގެ ބިންގަލަކީ އިތުބާރާއި، ދެފަރާތުން އިހުތިރާމު ކުރުން ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ހަކަތަ، ދިފާޢީ، މަބު އަދި ސްޕޭސް ކޯޕަރޭޝަންގެ ދާއިރާއިން އާ ފުރުސަތުތައް ހުޅުވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މޯދީ އިތުރަށް ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ ފެންވަރުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށާއި، އިންޑިއާއަކީ އެއްވެސް ގައުމެއްގެ ކޮލޮނީއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި، ސުލްހަ އާއި ހަމަޖެހުން ބިނާކުރުމުގައި އިންޑިއާއަކީ ހަމަހަމަ ބައިވެރިއެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.

"ރަޝިއާގެ މީހުން އެންމެ އިތުބާރުކުރާ ހަމައެކަނި ޤައުމަކީ އިންޑިއާ" ޕޫޓިން

ރައީސް ވްލެޑިމިއަރ ޕޫޓިން ވަނީ އިންޑިއާއަކީ "ދުނިޔޭގެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި، ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ރަޝިއާގެ އަމާޒެއް އޮތްކަން ތަކުރާރުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވީ ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް މި ގުޅުން ދެމިއޮތް ކަމަށާއި، "ރަޝިއާގެ މީހުން އެންމެ އިތުބާރުކުރާ ހަމައެކަނި ޤައުމަކީ އިންޑިއާ" ކަމަށް ވިދާޅުވިއެވެ.
ޕޫޓިން ވަނީ 2030 ވަނަ އަހަރާ ހަމައަށް 100 ބިލިއަން ޑޮލަރަށް ދެފަރާތުގެ ވިޔަފާރި ކުރިއެރުވުމުގެ ލަނޑުދަނޑިތަކާއި، ދިފާއީ އެއްބާރުލުން ފުޅާކުރުމާއި، ނިއުކްލިއަރ ހަކަތަ އަދި ތެލުގެ ދާއިރާގައި ގުޅިގެން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ޔޫކްރޭނާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުމަށް ޕޫޓިން މަރުހަބާ ވިދާޅުވިއެވެ. އެއީ ދުނިޔޭގެ ސުލްހައިގެ މަސައްކަތުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ސާބިތުކޮށްދޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

 

ހިއްސާ ކުރައްވާ!