އޮސްޓްރިއާގައި ބުރުގާ އެޅުން މަނާކުރާ ޤާނޫނެއް ފާސްކޮށްފި

އޮސްޓްރިއާގައި އުމުރުން، 14 އަހަރުން ދަށުގެ މުސްލިމް އަންހެން ކުދިން ސުކޫލުތަކުގައި ބުރުގާ އެޅުން މަނާކުރާ ޤާނޫނެއް އޮސްޓްރިއާގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. މި ޤާނޫނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މުސްލިމް ޖަމާއަތްތަކާއި އިންސާނީ ހައްޤަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނަނީ، މިއީ ދީނީ މިނިވަންކަމުގައި ތަފާތު ކުރުމުގެ ފިޔަވަލެއް ކަމަށާއި، އަދި މިއީ ބައިމަދު އާބާދީއަކަށް އަމާޒުކުރެވޭ ފިޔަވަޅެއް ކަމަށެވެ.

އޮސްޓްރިއާގެ ވެރިކަންކުރާ ކޯލިޝަނުން މި ޤާނޫނު ތަޢާރަފް ކޮށްފައި ވަނީ، ކުޑަކުދިން ދީނީ ނުފޫޒުން ރައްކާތެރިކުރުމުގެ ފިޔަވަޅެއް ކަމަށް ބުނެއެވެ. މި ޤާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މިއީ މުޖުތަމަޢުގައި އެކުވެރިކަމާއި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މި ޤާނޫނާ ދެކޮޅު ހަދާ ފަރާތްތަކުން އިންޒާރުދެނީ، މިއީ މުސްލިމް އަންހެން ކުދިންނަށް ނޭދެވޭ  މަގުން ދިއުމަށް މަގު ދެއްކުމަށާއި އިޖުތިމާޢީ ބައިބައިވުން އިތުރުކުރުމަށް މަގުފަހިކުރާނެ ގާނޫނެއް ކަމަށެވެ.

މި ޤާނޫނުގެ ދަށުން ބަލާނީ ޕްރައިމަތީ އަދި ސެކަންޑަރީ ތައުލީމުގެ މަރުހަލާގައި އުޅޭ 14 އަހަރުން ދަށުގެ އަންހެން ކުދިންނަށެވެ.

އޮސްޓްރިއާ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވަނީ، މި ގާނޫނުގެ ބޭނުމަކީ ކުޑަކުދިންނަށް ދީނީ ނުފޫޒަކާ ނުލައި މިނިވަންކަމާއެކު ދިރިއުޅުން ކަށަވަރުކުރުން ކަމަށެވެ.

މި ކަމަށް ފާޑުކިޔަމުން މުސްލިމް ޖަމިއްޔާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދެކެނީ، މި ޤާނޫނަކީ އިންސާފުވެރި ގާނޫނެއް ނޫން ކަމަށާއި، އެއީ އިސްލާމް ދީނަށް ހެޔޮވަރުކޮށް ފަހާފައިވާ ގާނޫނެއް ކަމަށެވެ. މުސްލިމުން ބުނަނީ މި ގާނޫނު މުސްލިމުންނަށް ހެޔޮވަރަށް ފާސްކޮށްފައި ވާއިރު، ކްރިސްޓިއަނުން ސޮލީބު އެޅުން މަނާ ކޮށްފައެއް ނުވެއެވެ. އަދި ޔަހޫދީން ފުށްކިބައިގައި ހިތްޕާ ކިއްޕާ ތާކިހާ ފަދަ އެހެނިހެން ދީނީ ނިޝާންތައް އެޅުން މަނާކޮށްފައެއް ނުވެއެވެ.

އޮސްޓްރިއާގައި ކަނާތުފިޔާގެ ހަރުކަށި މީހުން ވެރިކަމުގެ ދާއިރާގައި އިތުރު ވުމުގެ ސަބަބުން އެމީހުން ވަނީ މުހާޖިރުންނާއި އާންމު ދިރިއުޅުމުގައި އިސްލާމް ދީނާ ގުޅޭގޮތުން ބަހުސްތައް ކުރަން ފަށާފައެވެ.

ބުރުގާ މަނާކުރުމުގެ މި ފިޔަވަޅަކީ، އާންމު ތަންތަނުގައި ފެންނަން ހުންނަ އިސްލާމީ ދީނީ ނިޝާންތައް ހަނިކުރުމަށް އޮސްޓްރިއާ ސަރުކާރުން ހިންގާ ފުޅާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޮސްޓްރިއާ ގެ އިތުރުން މީގެ ކުރިން ފްރާންސް އަދި ބެލްޖިއަމް ފަދަ ގައުމުތަކުން ވަނީ، ސުކޫލުތަކުގައި އިސްލާމީ ހެދުން އެޅުން ހަނިކޮށްފައެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން އިންޒާރުދެނީ، މިފަދަ ޤާނޫނުތަކުގެ ސަބަބުން މުސްލިމުން ބާކީކޮށްލެވޭ ކަމަށެވެ.

 

ހިއްސާ ކުރައްވާ!