އިނގިރޭސި ޕްރިމިއަރ ލީގުގެ 2025/2026 ސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑު ލިވަރޕޫލް އެފްސީއިން މުގުރާލި ދަނޑިވަޅު، މުޅި ސްޓޭޑިއަމްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގް އަނެއްކާވެސް ވިދާލައިފިއެވެ.
މިހާރު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި ބްރައިޓަން ވާދަކުރި މެޗުގައި، އެލްއެފްސީއިން މި ސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑް މުގުރާލީ ހިއުގޯ އެކިޓީކޭ މެޗު ފެށިތާ އެންމެ 46 ސިކުންތުތެރޭގައި ޖެހި ގޯލާއެކުއެވެ.
މި ގޯލް ޖެހުމާއެކު ވިޒިޓް މޯލްޑިވްސް ގެ ލޯގޯއާއެކު ސްޓޭޑިއަމްގެ ލެޑް އިސްކިރީންތައް ދިއްލިގެން ދިޔައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ލިވަޕޫލް އެފްސީއާ ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް ދައްކާލުމަށް އިޝްތިހަރު ކުރުމަށް ޕާޓްނާޝިޕެއް ގާއިމް ކޮށްފައެވެ.
އެގޮތުން 10 ބަހަކުން ރާއްޖޭ އިޝްތިހާރުކުރުމަށް ސްޓޭޑިއަމްގެ ލެޑް ބޯޑުތައް ވަނީ ބޭނުން ކޮށްފައެވެ.
ރާއްޖޭގެ ބްރޭންޑިން އަނެއްކާވެސް ގިނަ ބައެއްގެ ސަމާލުކަމަށް .






