ޖެނޮސައިޑް މަތިޖަހަން ވިކިޕީޑިއާއިން ކުރާ މަސައްކަތާ ދެކޮޅު ހަދަނީ

ޒަޔަނިސްޓުން އެމެރިކާގެ އެހީގައި ޣައްޒާގައި ހިންގާފައިވާ ޖެނޮސައިޑް މަތި ޖެހުމަށް ވިކިޕީޑިއާއިން ކުރަމުންދާ މަސައްކަތް އެމެރިކާގެ 43 ޖަމާއަތަކުން ކުށްވެރިކޮށްފިއެވެ. މިމަސައްކަތުގައި އިސް ކޮށް އުޅެފައި ވަނީ އެމެރިކާގެ މުސްލިމުންގެ ހައްގަށް ވަކާލާތު ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ކެއަރ އިންނެވެ. އެ ޖަމާއަތާއި އަދި ގުޅިފައިވާ 42 ޖަމާއަތަުން ނެރެފައިޥާ އާންމު ސިޓީއެއްގައި ބުނެފައި ވަނީ ޣައްޒާގެ ނަސްލު ނައްތާލުމާ ގުޅުން ހުރި ވާހަކަތައް ސެންސަރު ކުރުމުގެ މަސައްކަތް ކުށްވެރި ކުރާ ކަމަށާއި އަދި އެކަމާ ދެކޮޅު ހަދާ ކަމަށެވެ.

އެ ޖަމާއަތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި އިސްރާއީލުން ހިންގި ޖެނޮސައިޑާ ގުޅޭ ލިޔުންތަކުގައި "ނަސްލު ނައްތާލުން" މި ލަފުޒަށް ކުރާ އިޝާރާތްތައް އުނިކުރުމަށް ވިކިޕީޑިއާގެ އެޑިޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދިު އެކަން ކުށްވެރި ކުރާ ކަމަށެވެ. އެމީހުން ބުނެފައި ވަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ޕްލެޓްފޯމްގެ އިތުބާރު ގެއްލި، ހަވާސާގައި ބާކީ ކޮށްފައިވާ ޖަމާއަތްތަކުގެ އަޑުތައް ހިމޭން ކުރެވޭނެ ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކާއި ގާނޫނީ ތަޖުރިބާކާރުންނާއި ދުނިޔޭގެ މީޑިއާއިން ވަނީ އިޒްރޭލުން ހިންގާފައިވާ އުދުވާނީ ހަނގުރާމަ ސިފަކުރުމަށް "ނަސްލު ނައްތާލުން" ޖެނޮސައިޑް މި ލަފުޒު ބޭނުންކޮށްފައެވެ.

ހިއްސާ ކުރައްވާ!