އާދިއްތަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގައި ބޮންޑީ ބީޗް ކައިރީގައި ބަޑިން ހަމަލަ ދިން ސާޖިދު އަކްރަމް އަކީ، 1998 ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުން އޮސްޓްރޭލިއާއަށް ހިޖުރަކުރި މީހެއް ކަމަށް ތެލަންގާނާ ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ސާޖިދާއި އޭނާގެ ދަރިފުޅު ނަވީދު އަކްރަމް ވަނީ، ބަޑި ޖެހުމުގެ ހަމަލައެއްގައި 15 މީހަކު މަރާލާފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ހަނގުރާމައަށް އުޅުނު މީހުންނާއި އެކަމަށް ހިތްވަރު ދިން މީހުންވެސް ހިމެނުނެވެ.
ފުލުހުން ބުނިގޮތުގައި ސާޖިދު ގެން ގުޅެނީ އިންޑިއާގެ ޕާސްޕޯޓެކެވެ. އޭނާގެ ދަރިފުޅު ނަވީދާއި އަންހެން ދަރިފުޅަކީ އޮސްޓްރޭލިއާގެ ރައްޔިތުންނެވެ.
ހަމަލާ ދެމުން ދިޔަ ވަގުތު ބަޑި ހޯދުމަށް މަސައްކަތް ކުރި އަހުމަދު އަލްއަހުމަދު ވަނީ ސާޖިދުގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. ނަވީދުއށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހައިދަރުއާބާދުގައި ދިރިއުޅޭ ސާޖިދުގެ އާއިލާގެ މެމްބަރުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ، އެމީހުން ވަނީ ސާޖިދުއާ މާކުރިންވެސް ގުޅުން ކަނޑާލާފައި ކަމަށެވެ. ސާޖިދުގެ އާއިލާއާ މައްސަލަ ޖެހުނީ އޭނާ އިޓަލީގެ ނަސާރާ ވެނެރާ ގްރޮސޯއާ ހިތާވުމުންނެވެ. އޭނާގެ ދެކުދިންގެ މަންމައަކީ މި އިޓަލީ ކަމަނާ އެވެ.
އާިއލާ މީހުން ބުނީ، 2009 ވަނަ އަހަރު ސާޖިދުގެ ބައްޕަ ނިޔާވި އިރުވެސް އޭނާ އިންޑިއާއަށް އައިސްފައި ނުވާ ކަމަށެވެ.







