މޯދީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގައި "ކާރު ޑިޕްލޮމަސީ" އަކީ އާ ޓްރެންޑެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައްޑިސް އަބާބާ އެއާޕޯޓަށް މިއަދު އަންގާރަ ދުވަހު ވަޑައިގަތުމުން، އޭނާއަށް މަރުހަބާ ދެންނެވުމަށް އިތިއޯޕިއާގެ ބޮޑުވަޒީރު އާބީ އަހުމަދު އަމިއްލަފުޅަށް ވަޑައިގެން ހުންނެވިއެވެ. އަދި، އެއާޕޯޓުން ހޮޓަލަށް މޯދީ ގެންގޮސްދެއްވައި، މީގެ ކުރިން ތާވަލުކުރެވިފައި ނުވާ ގޮތަށް ސައިންސް މިއުޒިއަމް އަދި ފްރެންޑްޝިޕް ޕާކަށް ޒިޔާރަތް ކުރެއްވުމަށް ވެސް މޮދީ ކާރުގައި ގެންދެވިއެވެ. މިކަމުގެ ސަބަބުން ބޮޑުވަޒީރު މޯދީގެ ބައިނަލްއަޤްވާމީ ދަތުރުފުޅުތަކުގައި "ކާރު ޑިޕްލޮމަސީ" ގެ އާ ޓްރެންޑެއް ފާޅުވެއްޖެ ކަމަށް މީޑިއާއިން ބުނެއެވެ.

މިފަދަ "ކާރު ޑިޕްލޮމަސީ"ގެ މަންޒަރުތައް މި ފަހުން ފެނިފައިވަނީ ޖޯޑަން އިންނެވެ. މޮދީ ޖޯޑަންއަށް ކުރެއްވި ޒިޔާރަތުގައި ވަލީއަހުދު އަލްހުސައިން ބިން އަބްދުﷲ ދެވަނަ ވެސް ވަނީ މޮދީ ކާރުގައި ގެންދަވާފައެވެ. އޭގެ ކުރިން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވެސް މޮދީއާއެކު އެއް ކާރެއްގައި ކާރު ޑިޕްލޮމަސީ ހިންގަވާފައި ވެއެވެ. އިންޑިއާ މީޑިއާއިން ބުނާ ގޮތުގައި މިއީ ބޮޑުވަޒީރު މޯދީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގައި ފެންނަމުންދާ އައު އަދި ޚާއްސަ ކަމެކެވެ.

މޯދީ އިތިއޯޕިއާއަށް ކުރައްވާ ދަތުރުފުޅަކީ އޭނާގެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ކުރިން މޮދީ ވަނީ ޖޯޑަން އާއި އޮމާނަށްވެސް ޒިޔާރަތް ކުރައްވާފައެވެ. މިއީ ތިން ގައުމަށް މޯދީ ކުރައްވާ ދަތުރުފުޅެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން އިތިއޯޕިއާ ސިފަކޮށްފައިވަނީ "ދުނިޔޭގެ ދެކުނު ބިތުގެ މުހިންމު ބައިވެރިއެއް އަދި ބްރިކްސްގެ މެންބަރެއް" ގެ ގޮތުގައެވެ. މިއީ މޮދީގެ ދަތުރުފުޅުގެ ސްޓްރެޓީޖިކް މުހިންމުކަން ވަރަށް ބޮޑަށް ދައްކުވައިދޭ ކަމެކެވެ.

މޯދީގެ ދެދުވަހުގެ މިދަތުރުފުޅުގައި އިތިއޯޕިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދެގޭގެ ޖަލްސާގައި ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން އިތިއޯޕިއާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި އިތިއޯޕިއާގެ ބޮޑުވަޒީރު އާބީ އަހުމަދާއެކު ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މިދަތުރުފުޅަކީ 2023 ވަނަ އަހަރު އިންޑިއާއިން ޖީ20ގެ ރިޔާސަތު ބެލެހެއްޓި ދުވަސްވަރު، އެފްރިކަން ޔޫނިއަން ޖަމާއަތް ޖީ20ގެ ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމުގައި އިންޑިއާއިން އަދާކުރި ދައުރާ ގުޅިގެން އެފްރިކާ ގައުމުތަކާއެކު ބަދަހި ވެފައިވާ ގުޅުމުގެ ބައެކެވެ.

Car Diplomacy: Modi’s New Language of Power and Friendship

ހިއްސާ ކުރައްވާ!