ނަތަންޔާހޫ މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ވަނީ ޔަހޫދީންގެ ހަނޫކާ އީދު ފާހަގަކުރުމުގެ ތެރޭގައި މަސްޖިދުލް އަޤްޞާގެ ހަރިންމައަށް ވަދެ އަޤޞާގެ ޙުރުމަތް ކަނޑާލާފައެވެ. މިއީ މި ކަލޭގެ ބޮޑު ވަޒީރު ކަމުގައި އަޤްޞާގެ ހުރުމަތް ކަނޑާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މީނާ ވަނީ މިސްކިތުގެ ބިންގަރާހަށް ވަދެފައެވެ.

އިސްލާމީ އުންމަތުގައި ހަރުދަނާ ވެރިން ތިބި ޒަމާނެއްގައި އިސްރާއީލުގެ ބޮޑު ވަޒީރުކަން ކުރި އެރިއެލް ޝެރޯން މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލިއެވެ. ނަމަވެސް އެ ހާދިސާ ވެގެން ދިޔައީ ޔަހޫދީންނަށް ކޮންޓްރޯލު ނުކުރެވުނު ދެ ވަނަ އިންތިފާޟާގެ ހުޅު ރޯވުމަށް މެދުވެރިވި ހާދިސާއަށެވެ.

ޔަހޫދީ ޖެނޮސައިޑްގެ މޭސްތިރީގެ ފަރާތުން މަސްޖިދުލްއަޤްޞާގެ ޙުރުމަތް ކަނޑާލުމާ ގުޅިގެން ފަލަސްތީނުގެ އިސްވެރިންނާއި ސަރަހައްދީ ލީޑަރުން ވަނީ މި ކަމަށް ވަޅޯ ފާޑެއް ކިޔާފައެވެ.

 

ހިއްސާ ކުރައްވާ!