ކަލަކު ވޮޑިގެންވާކަމަށް ބުނެ އިލްހާދީ ފިކުރުގެ ޖާވިދު އަޚުތަރުއާއެކު ޑިބޭޓެއް ބާއްވައިފި

ކަލަކު ވޮޑިގެންވޭތޯއާ މެދު ޑިބޭޓު ކޮށްފައި ވަނީ އިންޑިއާގެ ޕާލަމެންޓާ ކައިރީގައި އޮންނަ ކޮންސްޓިޓިއުޝަން ކްލަބުގެ ހޯލުގައެވެ. މިޑިބޭޓަކީ، 29 ނޮވެމްބަރުގައި ދެފަރާތުން އެއްބަސްވެ ބޭއްވުމަށް ހަމަޖެއްސި ޑިބޭޓެކެވެ.

އެއްފަރާތުގައި ހުރީ ބޮލީވުޑްގެ ލެޖެންޑަރީ ފިލްމް ސްކްރިޕްޓާއި ލަވައާއި ޅެން ލިޔުންތެރިޔާ އަދި ކަލަކު ވޮޑިގެން ނުވާކަމަށް އިލްހާދީ ވާހަކަ ދައްކައި ވަކާލާތުކުރާ 79 އަހަރުގެ ޖާވިދު އަޚްތަރު އެވެ. ޖާވިދު އަޚުތަރުއަކީ އަލީގަޅް މުސްލިމް ޔުނިވާސިޓީގެ ގްރެޖުއޭޓެކެވެ. އަނެއް ފަރާތުން ޑިބޭޓު ކުރީ ކޮލްކަތާގެ ޒުވާނެއް ކަމަށްވާ އިސްލާމީ އިލްމުވެރިއެއް ކަމަށްވާ ވަޙުޔައިން ފައުންޑޭޝަންގެ މުފްތީ ޝަމާއިލް ނަދުވީ އެވެ. އޭނާއަކީ ނަދުވަތުލް ޢުލަމާ ލަކްނައުގެ ގްރެޖުއޭޓެކެވެ.

ދެ ގަޑިއިރު ވަންދެން ޑިބޭޓް ކުރިއަށް ގެންދިޔައެވެ. އިންޑިއާގެ ކޭބަލް ޓީވީން ފެންނަ މަންޒަރުތަކާ ޚިލާފަށް މި ޑިބޭޓްގައި ހަޅޭއްލަވައި ހަދާފައެއް ނުވެއެވެ. އިހުތިރާމާއެކު ދެ ފަރާތުންވެސް ހަގީގަތް ހޯދުމުގައި ލޮޖިކް، ފަލްސަފާ، އަދި އިލްމީ ވާހަކަތައް ދައްކާފައި ވެއެވެ.

މި ޑިބޭޓު މޮޑެރޭޓް ކޮށްދީފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ ދަ ލަލަންޓޮޕްގެ ޕްރެޒެންޓަރ ސައުރަބް ދުވިވެދީ އެވެ.

އިންޑިއާ މުސްލިމުންނަކީ އެއްހާސް އަހަރަށް ވުރެން ގިނަ ދުވަސްވީ ދިގު ތާރީޚެއް އޮތް ބައެކެވެ. އިންޑިއާ މުސްލިމުންނަކީ އަރަބި އިނގިރޭސި އުރުދޫ އަދި ހިންދީ ބަހުން ފިކުރީ އުފެއްދުންތައް އުފައްދައި ފޮތްތައް ލިޔެފައިވާ ބައެކެވެ. އަރަބި ދުނިޔޭގައި ހަދީސް ޢިލްމަށް މަޝްހޫރު ޝާހް ވަލިއްޔުﷲ މުހައްދިސް ދެހްލަވީއާއި ޙުސައިން އަޙުމަދު ނަދްވީ ފަދަ އިލްމުވެރިންނަކީ އަރަބި ދުނިޔޭގައި އިހުތިރާމް ލިބިގެންވާ ބޭފުޅުންނެވެ.

The Lyricist and the Mufti: A Search for God in a Divided Age

ހިއްސާ ކުރައްވާ!