ކައްކާ ގޭސް ގެ ތަދުމަޑުކަން ކުރިއަށްދާނަމަ ހޮޓާތައް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު އިންޑިއާގެ ހޮޓާތަކުން ދީފި އެވެ. އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގެ ހޮޓާތަކުގެ އެސޯސިއޭޝަނަކުން އިންޒާރު ދީފައިވާ ގޮތުގައި، ގޭސް ގެ އަގު މައްޗަށް ދާނަމަ، އެ ޖަމިއްޔާގެ މެންބަރުންގެ ވިޔަފާރިތައް ވަރަށް އަވަހަށް ބަންދުކުރަން ޖެހިދާނެއެވެ.
އިންޑިއާގެ ގިނަ ސަރަހައްދުތަކެއްގައި ކެއްކުމަށް އާންމުކޮށް ބޭނުންކުރާ ގޭހުގެ އަގު ދާދި ފަހުން ބޮޑުކުރުމާ ގުޅިގެން، އެ އެސޯސިއޭޝަނުން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ފާޑުކިޔާފައެވެ.
އިންޑިއާއަށް ބޭނުންވާ ގޭހުގެ ބޮޑު ބައެއް އިމްޕޯޓް ކުރަނީ މެދުއިރުމަތިން ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް މިވަގުތު އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައެވެ.







