އަހަރެންނަށް ވުރެން ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ވެރިއެއް ދުނިޔެއަކު ނުހުންނާނެ: އާޖެންޓީގެ ރައީސް

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި އަކީ ދުނިޔޭގައި ހުރި "އެންމެ ހައްދުފަހަނައަޅާފައިވާ ސަހްޔޫނީ ރައީސް" ކަމަށް އޭނާ އަމިއްލައަށް އިޢުލާން ކޮށްފިކަމަށް ކްލެރިން ނޫހުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ޔެޝީވާ ޔުނިވަރސިޓީގައި ދިން ތަޤުރީރެއްގައި މިލެއި ބުނި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވަނީ: "ދުނިޔޭގައި ހުރި އެންމެ ބޮޑު ސަހްޔޫނީ ރައީސް ކަމުގައިވީތީ އަހުރެން ފަޚުރުވެރިވަން." ކަމަށެވެ.

މީގެ އިތުރުން، އޭނާގެ ސަރުކާރާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު "ސްޓްރެޓީޖިކް އިއްތިހާދެއް" އޮތް ކަމަށާއި، އޭނާ "އީރާނުދެކެ ނަފޔރަތު ކުރާ" ކަމަށްވެސް ބުންޏެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން އާޖެންޓީނާގެ ރައީސް އިތުރަށް ބުނީ: "އަހަރެމެން އަބަދުވެސް ކުރި ހޯދާނަން." ކަމަށެވެ.

ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލުން ވަނީ އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަތަކެއް ދީ ސޮލީބީ ހަނގުރމައެއް ފަށާފައެވެ. މި ހަމަލަތަކުގައި ސްކޫލުތަކާއި އާންމުންގެ ގެތަކަށް ދެ ގައުމުން އަމާޒުކޮށް ޓެރަރިސްޓް ހަމަލަތައް ދެމުން ދެއެވެ. އީރާނުން ވަނީ އަމިއްލަ ދިފާއުގައި އިސްރާއީލަށް ހަމަލާދީ، މެދުއިރުމަތީ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރަމުންނެވެ.

ވޮޝިންޓަނާއި ޖެނޮސައިޑް ނިޒާމުން މި ޓެރަރިޒަމް ދިފާއުކުރެއެވެ.

ހިއްސާ ކުރައްވާ!