ފުރަތަމަ ދެ ދުވަހުވެސް ޓެރަރިސްޓް ހަމަލައަށް 5.6 ބިލިއަން ޑޮލަރު ހޭދަކުރި

އީރާނަށް ދޭން ފެށި ޓެރަރިސްޓް ހަމަލާތަކުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިން ވަނީ ގާތްގަނޑަކަށް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކޮށްފައި ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން ހާމަކޮށްފިއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކުރުމުން ދޭހަވަނީ އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަމަލާތަކަށް ހިނގާ ޚަރަދު އިންތިހާއަށް ބޮޑުކަމެވެ. މިއާ ޚިލާފަށް އީރާނުން ގެންދަނީ ހޭދަ ކުޑަ ގޮތަކަށް އެމރިކާއާ ކުރިމަތި ލަމުންނެވެ.

މީގެ ބަދަލުގައި، އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ރައީސް ކަނޑައަޅުއްވާ ކޮންމެ މިޝަނެއް، އެމަނިކުފާނު ކަނޑައަޅުއްވާ ވަގުތެއްގައި އަދި ތަނެއްގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ވުޒާރާގައި އެބަހުރި ކަމަށެވެ.

ދެކުނު ކޮރެއާއިން ބުނެފައިވާ ގޮތުގައި އެމެރިކާއިން ގެންދަނީ ޗައިނާއާ ދެކޮޅަށް ބޭނުން ކުރުމަށްކަމަށް ބުނެ އެމެރިކާއިން ދެކުނު ކޮރެއާގައި ބެހެއްތި ހަތިޔާރާއި ޕެޓްރިއޮޓިކް މިސައިލްތައް ރޫޅާލައި މެދުއިރުމައްޗަށް ގެންދަން ފަށާފައެވެ.

މުހައްލިލުން ބުނާ ގޮތުގައި އީރާނުން ގެންގުޅޭ ސްޓްރެޓެޖީއާއެކު އެމެރިކާގެ ހަތިޔާރާއި ވަޒަން ސްޓޮކް ވަރަށް އަވަހަށް ހުސްވާނެއެވެ.

އެމެރިކާގެ އޮފިޝަލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަސްކަރީ އޮޕަރޭޝަންތަކުގެ ޚަރަދުތައް އިންތިހާއަށް މަތިވަމުންދާތީ، މި ހަފުތާގެ ތެރޭގައި އެމެރިކާގެ ސަރުކާރުން ދިފާއީ ވުޒާރާއަށް އިތުރު ބަޖެޓެއް ހޯދުމަށް ކޮންގްރެސްއަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.

އޮފިޝަލުން ތަފްސީލުކޮށްދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ އަސްކަރީ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ހޯދަން ގަސްދުކުރާ އިތުރު ބަޖެޓް އެތައް ބިލިއަން ޑޮލަރަކަށް އެރުން އެކަށީގެންވެއެވެ. އަދި މިއީ ޑިމޮކްރެޓުންގެ ފަރާތުން ދެކޮޅުވެރިކަމެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ބެލެވެއެވެ.

ހިއްސާ ކުރައްވާ!