އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ކުށްވެރިވެފައިވާ ޖިންސީ ކުށްވެރިޔާ ދައްލާލް ޖެފްރީ އެޕްސްޓީންގެ ބުދެއް ބަހައްޓައިފިއެވެ. މި ބުދު ބަހައްޓާފައިވަނީ މަޝްހޫރު ފިލްމު 'ޓައިޓޭނިކް' ގެ މަޝްހޫރު މަންޒަރެއް ސިފަވާ ގޮތަށެވެ.
ރަން ކުލައިގެ މި ބުދުން ފެންނަނީ ޓްރަމްޕްގެ ކުރިމަތީގައި އެޕްސްޓީން ހުއްޓިގެން ހުންނަ ތަނެވެ. އަދި ޓްރަމްޕް ހުންނެވީ ދެއަތް ފަތުރާލައިގެންނެވެ. މި ބުދާއެކު "ދެންވެސް އެމެރިކާ ރައްކާތެރި ތަނަކަސް ހަދާ" މިހެން ލިޔެފައިވާ ބެނާތަކެއްވެސް ވަނީ ހަރުކޮށްފައެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ސަރަހައްދުގައި ބެހެއްޓި މިފަދަ ތިންވަނަ ބުދެވެ.
މި ބުދު ބެހެއްޓުމުގެ މައިގަނޑު މަގްސަދަކީ ރައީސް ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު އޮތް ނާޖާއިޒު ގުޅުމަށް އާންމުންގެ ސަމާލުކަން ހޯދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕް އަލުން ވައިޓް ހައުސްއަށް ވަޑައިގަތުމާ ގުޅިގެން، އެޕްސްޓީންއާ ގުޅޭ ލިޔެކިޔުންތައް އާންމުކުރުމާއި، އެ ދެމީހުންގެ ގުޅުމުގެ ވާހަކަތަކަކީ މިހާރުވެސް ބޮޑު ބަހުސަކަށް ވެފައިވާ މައުލޫއެކެވެ.
އީރާނުން ތްރަމްޕް ސިފަ ކުރަނީ އެޕްސްޓީން ގޭންގްގެ މެމްބަރެއްގެ ގޮތުގައެވެ.
ނިއުސްވީކް މަޖައްލާއިން ފާހަގަކޮށްފައިވާ ގޮތުގައި، 1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ޓްރަމްޕާއި އެޕްސްޓީންގެ މެދުގައި ބަދަހި އަންހެނުން ހޯދައިދޭ ގާތް އެކުވެރިކަމެއް އޮތެވެ. މިކަން އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތަކުންވެސް ސާބިތުވެއެވެ. ނަމަވެސް، 2019 ވަނަ އަހަރު އެޕްސްޓީން ހައްޔަރުކުރުމާ ގުޅިގެން ޓްރަމްޕް އިތުރުފުޅު ހައްދަވަމުން ވިދާޅުވެފައިވަނީ، "އަހަރެން އޭނާއާ މައްސަލަ ޖެހުނީ މީގެ އެތައް ދުވަހެއް ކުރިން ކަމަށާއި، ވޭތުވެދިޔަ 15 އަހަރު ތެރޭގައި އޭނާއާ ވާހަކަވެސް ނުދައްކާ" ކަމަށެވެ.
އެޕްސްޓީންގެ ފައިލްތަކުގައި އޭނާ ޓްރަމްޕާ ބެހޭ ގޮތުން ބުނެފައި ވަނީ އަޚުލާގީގޮތުން މިހާދަށު ދަރަޖައިގެ އިންސާނެއް ނުދެކެން މިފަދައިންނެވެ.






