އެމެރިކާއިން އީރާން އަންހެން ކުދިންގެ ސްކޫލް ޖެނޮސައިޑް ހިންގީ އެނގި ހުރެ ގަސްތުގައި

ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާގެ ޓެރަރިސްޓް ހަމަލަ ސީދާ ހަމަލާ އަމާޒުވި އީރާނުގެ އަންހެން ކުދިންގެ ސްކޫލަކީ، އެއީ ހިނގަމުންދާ ސްކޫލެއްކަން ވަރަށް ސާފުކޮށް އެނގޭނޭހެން އިންޓަނެޓުގައި ގިނަ ދުވަސްތަކެއް ވަންދެން މައުލޫމާތު ހިމަނާފައި ހުރި ތަނެއް ކަން ރޮއިޓާސްގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އަދި އެމެރިކާއިން މި ހަމަލަ މި ސުކޫލަށް އަމާޒުކޮށްފައިވާ އެނގި ހުރެ ގަސްތުގައި ކަން ވަނީ ޔަގީން ވެފައެވެ.

މި ހިތާމަވެރި ހާދިސާ ކުށްވެރި ކުރުމަށް އިސްލާމީ ގައުމުތަކގެ ލީޑަރުން ބިރު ގަނެ ފަސްޖެހުނެވެ. އެކަމާ ގުޅިގެން އަރަބި ޑިޕްލޮމެޓުންނާއެކު އޮތް ބައްދަލުވުމެއްގައި ރަޝިޔާގެ ރައީސް ޕޫޓިން ވަނީ އަރަބިން މި ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުމަށް ބިރުގަތް މައްސަލަ ކުށްވެރިކުރައްވައި އެކަމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާފައެވެ.

ހުރުމުޒު ކަނޑު އޮޅީގެ ކައިރީގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ ޝަޖަރައޭ ތައްޔިބާ ސްކޫލަކީ އީރާންގެ އިންގިލބީ ސިފައިންގެ މަރުކަޒަކާ އެއް ފާރެއ ްހިއްސާ ކުރާ ވަކިން ފާހަގަ ކޮށްފައި ހުންނަ ސުކޫލެކެވެ. އެމެރިކާއާއި ޒަޔަނިސްޓު އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު ޓެރަރިސްޓް ހަމަލާދިން ސަރަހައްދުގެ އެންމެ އުތުރުގައި ހުރީ މި އިމާރާތެވެ.

ޖެނީވާގައި ހުންނަވާ އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވި ގޮތުގައި މިއީ ގަތުލުއާންމެކެވެ. މި ގަތުލުއާންމުގައި 180 ދަރިވަރުން ޝަހީދުވެފައ ވެއެވެ. އީރާނުގެ ރެޑް ކްރެސެންޓުން ފަހުން ވެސް އެ އަދަދަށް ކުދިންނާއި މުދައްރިސުން ޝަހީދުވި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މި ސްކޫލުގެ ވެބްސައިޓްގެ އާކާއިވް 2025 ވަނަ އަހަރާ ހަމައަށް ފެންނާން ހުރެއެވެ. އަދި ސްކޫލުގެ ވެބްސައިޓްގައި 2018 އާ ހަމައަށް  ކުރީގެ ފޮޓޯތައްވެސް ހިމަނާފައި ވެއެވެ.

އަދި މި ސްކޫލަކީ އެ ސަރަހައްދުގެ ވިޔަފާރި ލިސްޓިންތަކުން ދައްކާ ސްކޫލެކެވެ. އެ ސްކޫލުގެ ކުޅޭ ތަނުގެ ކުރެހުންތަކާއި ޔުނީފޯމްގައި ތިބި ދަރިވަރުންގެ ފޮޓޯތަކުން އެއީ ހިނގަމުންދާ އަންހެން ކުދިންގެ ސްކޫލެއް ކަން ސާފުކޮށް ޔަގީން ވާކަމަށް ރޮއިޓާޒްއިން ބުނެއެވެ.

މި ސްކޫލަކީ ސައްދާމާއި ގަލްފްގެ އަރަބިމން އީރާނާ ދެކޮޅަށް ހިންގި 8 އަހަރުގެ އުދުވާނީ ހަނގުރާމައިގައި ޝަހީދުވެފައިވާ އީރާނުގެ ޝަހީދުންގެ މުއައްސަސާ "ޕާޝިއަން ގަލްފް މާޓިއާސް ކަލްޗަރަލް އެޑިއުކޭޝަނަލް އިންސްޓިޓިއުޓް" ގެ ދަށުން ހިންގާ 59 މުއައްސަސާގެ ތެރެއިން އެއް ތަނެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ އެޑްރެސް ހުރީ އިންގިލާބީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަންތަނުގައި ނުވަތަ އެފަދަ ސަރަހައްދުތަކުގެ ކައިރީގައެވެ.

ސެޓެލައިޓް ދިރާސާތަކުން ދައްކާ ގޮތުގައި، އެ ސްކޫލަށާއި ކައިރީގައި ހުރި އިންގިލާބީ ސިފައިންގެ ކޮމްޕައުންޑުގެ 6 އިމާރާތަކަށް ޓެރަރިސްޓް ސިލްސިލާ ހަމަލާތަކެއް އެމެރިކާއާއި އިސްރާއީލުން ދީފައިވެއެވެ. މީގެ ތެރޭގައި އެމެރިކާގެ ޓޮމަހޯކް ކްރޫޒް މިސައިލެއް ހިމެނޭކަން ތަޖުރިބާކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމަލާއަށްފަހު ނަގާފައިވާ ފޮޓޯތަކުން 325 މީޓަރުގެ ރާސްތާއެއްގައި ހަތް ތަނަކަށް ބޮން އަޅާފައިވާކަން އެނގެއެވެ. ޕެންޓަގަންއިން ވަނީ މި ހަމަލާ ތަހުގީގު ކުރަމުންދާކަމަށް ބުނެ ދޮގު ހަދާފައެވެ. ނަމަވެސް ސްކޫލުގެ އޮންލައިން މައުލޫމާތާ ބެހޭގޮތުން ނުވަތަ އަމާޒު ކަނޑައެޅި ގޮތާ ބެހޭގޮތުން އެމެރިކާއިން ވެސް އަދި ޓްރަމްޕްވެސް އެއްޗެއް ބުނަން އިންކާރު ކުރެއެވެ.

ރޮއިޓާޒްއެކޭ އެއްގޮތަށް ނިއު ޔޯކް ޓައިމްސްއިން ވެސް ވަނީ މި ޓެރަރިސްޓް ހަމަލާއަކީ ގަސްތުގައި ދީފައިވާ ހަމަލައެއްކަމަށް ބުނެފައެވެ.

އެނަލިސްޓުން ފާހަގަކުރި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބޭނުންކޮށްފައިވަނީ އީރާނާއެކު ކުރިމަތިލުމެއް ހިނގައިފާނެ ކަމަށް ބަލައި މާ ކުރިން ތައްޔާރުކޮށްފައިވާ އަމާޒުތަކުގެ ލިސްޓެކެވެ. އަދި އޭގެ މަގްސަދަކީ އެމެރިކާގެ ބިރުވެރިކަން އާންމުންނަށް ދައްކައި އެމީހުން ބިރުގަންނަވާލުމެވެ.

ހުރުމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ މީނާބަކީ އިންގިލާބީ ސިފައިންގެ އެންމެ ބޮޑު އެއް މިސައިލް ބޭސް ހުންނަ ސިޓީއެވެ. ފެބްރުއަރީ 28 އާއި މާރިޗު 2 އާ ދެމެދު، ފަސް ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ތެރެއިން ހަމަލާދީފައިވަނީ ހަމައެކަނި އެ ސްކޫލަށާއި އޭގެ ކައިރީގައި ހުރި ކޮމްޕައުންޑަށެވެ. މިއީ އާންމުކޮށް ބޮން އެޅުމުގެ ބަދަލުގައި، ވަކި އަމާޒަކަށް ދީފައިވާ ހަމަލާއެއްކަން ދޭހަވާ އެމެރިކާއިން ކަން ކުރި ގޮތުން ދޭހަ ވެއެވެ.

ހަމަލާއަށްފަހު ޖެހިގެން އައި ދުވަސްތަކުގައި، މީނާބްގެ ގަބުރުސްތާނުގައި ކުޑަކުދިން ވަޅުލުމަށް ގިނަ އަދަދެއްގެ ކަށްވަޅު ކޮނެފައިވާކަން ސެޓެލައިޓް މައުލޫމާތުން އެނގެއެވެ. އިތުރު ފޮޓޯތަކުން ކަށަވަރުވާ ގޮތުގައި، 2025 ޑިސެމްބަރު މަހާ ހަމައަށް ވެސް އެ ސްކޫލަކީ ހިނގަމުންދިޔަ ތަނެކެވެ. އެގޮތުން ސްކޫލް ގޯތިތެރޭގައި މީހުން އުޅޭތަން ފޮޓޯތަކުން ފެނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިން އާންމުކުރި ވީޑިއޯއިން ޓޮމަހޯކް މިސައިލް ފޮނުވާލާ މަންޒަރު ފެނެއެވެ. އަދި ރޮއިޓާސްއިން މަޝްވަރާކުރި ހަތިޔާރުގެ ތަޖުރިބާކާރުން ބުނި ގޮތުގައި، ކޮމްޕައުންޑަށް ހަމަލާދޭތަން ފެންނަ މިސައިލަކީ ޓޮމަހޯކްގެ ސިފަތައް ހުރި މިސައިލެކެވެ.

މުހައްލިލުން ބުނާ ގޮތުގައި މި ތަނަށް ޖުމުލަ 3 ޓޯމަހޮކް މިސައިލް ބޭނުން ކޮށްފައި ވެއެވެ. 3 ވަނަ އަދި އެންމެ ފަހު މިސައިލް މަތީގައި އުޅުމަށްފަހު ކުދިންނާއި ޓީޗަރުން ހޭލަމޭލަވެ އުޅެން ފެށުމުން އެމީހުންނާ ދިމާއަށް އޮޓޮމެޓިކުން އަމާޒުވެގެން އައީ އެވެ. އަދި އެ މިސައިލް ޑިޒައިންކޮށްފައިވާ ގޮތުން އޭގައި ހިމެނޭ ފިއުލް ވެސް ބޮމެއްގެ ސިފައިގައި ގޮވައިގެން މުޅި ސަރަހައްދު ގޮއްވާލައެވެ. އެގޮތަށް ގޮއްވާލުމުގައި ގިނަ ކުދިންނާއި ޓީޗަރުން އަނދައިގެން ޝަހީދުވެފައި ވެއެވެ.

އީރާނުން ފަހުން ވަނީ ހަމަލާގައި ބޭނުންކުރި މިސައިލްގެ ބައިތައް ދައްކާލާފައެވެ. ފޮރެންސިކް ތަހުގީގުތަކުން އެ ބައިތަކަށް ބަދަލު ގެނެސްފައިވާ ކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި ބައެއް ބައިތަކަކީ މީގެ ކުރިން ރެކޯޑުކުރެވިފައިވާ ޓޮމަހޯކް މިސައިލްގެ ބައިތަކާ ދިމާވާ ތަކެއްޗެވެ.

ހިއްސާ ކުރައްވާ!