މިވާގޮތް ނިކަން ސާފުކޮށް ދީބަލާށެވެ!

މުސްލިމަކު ދުވާލަކު 5 ނަމާދު ކުރުމުން އެއީ 'ހަރުކަށިވުމެވެ.'
މުސްލިމް އަންހެނަކު ހިޖާބު އެޅުމުން އެއީ 'އަނިޔާވެރިކަމެވެ.'
މުސްލިމުން ގުރުއާނުން އާޔަތެއް ކިޔައިފިނަމަ އެއީ ހައްދުފަހަނައަޅައި 'ރެޑިކަލްވުމެވެ.'

ނަމަވެސް، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އޭނާގެ ހަށިގަނޑުގައި ސޮލީބީންގެ ނިޝާންތައް ކުރަހައި ހެެދުމަކީ، އިޚުވާނުލްމުސްލިމޫންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލާ ޔޫއޭއީގެ ވެރިންނަށް އޯކޭ ކަމެކެވެ.
އިސްލާމްދީނާ ދެކޮޅަށް ސޮލީބީ މުގައްދަސް ހަނގުރާމައަކަށް ގޮވާލައި ފޮތްތައް ލިޔެ، 'ހުރިހާ މުސްލިމުން މަރާލުމަށް' ގޮވައި، އަލްއަޤްސާ މިސްކިތް ސުންނާފަތިކުރުމަށް ގޮވާލައި، އަދި ޔަހޫދީ އީދަކާ ދިމާކޮށް އިންޖީލުގެ ނަމަކުން ނަންދީފައިވާ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްގެންދިއުމުން އެއީ 'ޚާރިޖީ ސިޔާސަތެވެ.'

ފޮތިގަނޑު އަޅައިގެން މިއުޅޭ ސަހްނޫނީ އަރަބި މުސްލިމުންގެ މި ވިސްނުން އަހަރަމެން އިންސާފުކުރާނީ ކިހިނެއް ހެއްޔެވެ؟

ކުރަން ޖެހޭ ހެއްޔެވެ؟ ޕެޓްރޯ ޑޮލަރުގެ އިތުރުން ކޮން މޮޅެއް ހެއްޔެވެ؟
އެންމެ ފަހުން ޤުދުސް މިނިވަން ކޮށްދިން މީހާއަކީވެސް އަރައްބެއް ނޫނެވެ. ފާރިސީއެއް ނޫނީ ކުރުދީ އެކެވެ!
އިސްލާމީ ތާރީޚުގެ މުހިންމު ހޯދުންތަކާއި ފޮތްތައް ލިޔުނު އެންމެހައި އިލްމުވެރިންނަކީވެސް އަރަބިންނެއް ނޫނެވެ!
އީރާނުގެ އަސްފަހާނު ފަދަ ތަންތަނަށް އެމީހުން ނިސްބަތް ވުމަކީ ތާރީޚީ އޮޅުވާލުމެއް ނޫނެވެ!
އިސްލާމީ ޙަޟާރާގެ ރަން ޒަމާނު ފެނުނު ބަޣްދާދާއި ދިމިޝްޤަކީވެސް އަރަބި ޖަޒީރާގައި އޮތް ތަންތަނެއް ނޫނެވެ!
ބަޣްދާދު ނަމަކީވެސް އަރަބި ނަމެއް ނަމެއް ނޫނެވެ! ފާރިސީ ނަމެކެވެ. މާނައަކީ ﷲ ހިބަކުރެއްވި ބަގީޗާއެވެ!

އެމެރިކާގެ ސޮލީބީ ދިފާއީ ވަޒީރަށް ރުޖޫއަވަމާ ހެއްޔެވެ؟
އިންޖީލުގައި ބުނެފަިއވާ މަސީހުއްދައްޖާލު ގެނައުމަށްޓަކައި މެދުއިރުމައްޗަށް ބޮން އެޅުމަކީ ނަސާރާ ދީނީ ކަމެއްކަމަށް 60 މިލިއަން އެމެރިކާ މީހުން ގަބޫލުކުރުމުން އެއީ 'ޔަހޫދީ މަދަދުގާރަކަށް އެހީތެރިވުމެވެ.'

އިސްރާއީލުގެ ސަރުކާރުގެ ވަޒީރުން ފާޅުގައި މަސްޖިދުލްއަގްސާގައި ޔަހޫދީ ފައްޅި ބިނާކުރުމަށް ގޮވާލުމާއި، އެތަން ގޮއްވާލުމާއި ފައްޅި އެޅުމަށް ރަތް ގެރި އެއް ހޯދަން އުޅުން އެއީ، 'ދީނީ މިނިވަންކަމެވެ.'

ނަތަންޔާހޫ އޭނާގެ އަސްކަރީ އޮޕަރޭޝަންތަކަށް އިންޖީލާއި ތައުރާތުން ނަންތައް ދީ، ދީނީ އީދުތަކާ ދިމާކޮށް ޓެރަރިސްޓް ހަމަލަތައް ދިނުން 'އަމިއްލަ ދިފާއެވެ.'

ހަމައެފަދައިން ﷲ ދެއްވި ޚައިރާތާއި މުއްސަނދިކަމުން ޔަހޫދީންގެ ހަތިޔާރު އުފެއްދުމުގެ ސިނާއަތާއި ފަލަސްޠީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ގެދޮރު އެޅުމަކީ، ހުއްދަ އިންވެސްޓްމެންޓްތަކެވެ!

މިއީ އިންތިހާއަށް ބޮޑު ދެފުށް ދެގޮތް މުނާފިގު ވިސްނުމއް ނޫން ހެއްޔެވެ؟
އެމީހުންގެ މުޅި ހަނގުރާމައިގެ މެޝިން ހިނގަނީ ދީނީ ހަރުކަށި ފިކުރާއި، ސޮލީބީ ފަލްސަފާއާއި، ދައްޖާލު ފާޅުކުރުމުގެ ސިޔާސަތުގެ މައްޗަށެވެ.

އެމީހުން 2 ބިލިއަން މުސްލިމުންނަކީ ހަރުކަށި ބައެއް ކަމަށް ބުނެ ފާޅުގައި ތިމާގެ އަރަބި އިސްލާމީ ޝަޚުސިއްޔަތަށް މަލާމާތް ކުރާއިރުވެސް އެއް ރަސްކަލަކު ހަދިޔާ ކުރަނީ ރަން ކަނޑިއެކެވެ! އަނެއް ރަސްކަލަކު ހަދިޔާ ކުރަނީ އުދުހޭ ގަނޑުވަރެކެވެ!

ﷲއަށް ބަރޯސާވުން ދޫކޮށްލައި އެމރިކާގެ ހިމާޔަތަށް ދިޔަ މީހުންގެ ބިއްލޫރި ގުއްބުތަކުގައި މިއަދު ދަނީ ރެނދު ލަމުންނެވެ!
70 އަހަރުގެ ތެރޭގައި އިންސާނުން ބިނާ ކުރުމަށާއި ތައުލީމަށް އިންވެސްޓު ކުރިނަމަ އެމެރިކާގެ ތައްޕާހުން އުޅޭކަށް ނުޖެހުނީސް ނޫން ހެއްޔެވެ؟

40 އަހަރުގެ ވޭން ދެނިވި އިގްތިސާދީ ދަތިކުރުމާއެކުވެސް އީރާނުން ގައުމެއް ބިނާކޮށްފިއެވެ.
އިންސާނުން ބިނާކޮށްފިއެވެ. އަމިއްލަ ސިނާއަތަކާއި ޓެކްނޮލޮޖީއެއް ބިނާކޮށްފިއެވެ.
މިއަދު އެއޮތީ އެމެރިކާ ގިއްގަޅުވާލާފައެވެ!

އެމެރިކާ ސޮލީބީންނާއި ޒަޔަނިސްޓުންގެ މައްސަލައަކީ ދީނުން ސިޔާސަތު ކޮންޓްރޯލް ކުރުމެއް ނޫނެވެ. އެމީހުންގެ މައްސަލައަކީ 'ތިޔަބައިމީހުންގެ' ދީނުން ތިޔަބައި މީހުންގެ ސިޔާސަތު ކޮންޓްރޯލް ކުރުމެވެ.

އެމީހުން ގަބޫލުކުރާ ކަލާނގެއަށް ހަނގުރާމައަށް އަމުރުކުރެވިދާނެއެވެ.
އެމީހުންނަށް އިންޖީލާއި ތައުރާތަށް ބަލައިގެން ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިދާނެއެވެ.
އެމީހުންގެ މުގައްދަސް ފޮތްތަކުގެ އިރުޝާދުން އިސްތިއުމާރު ކުރުން ހުއްދަކުރެވިދާނެއެވެ.
ނަމަވެސް މުސްލިމަކު އާޔަތެއް ކިޔާލާ އިރަށް އޭނާއަކީ ހައްދުފަހަނައަޅާފައިޥާ ހަރުކަށި 'ރެޑިކަލް' މުސްލިމެކެވެ.

އީރާނާ ދެކޮޅަށް މިކުރާ ހަނގުރާމައަކީ ނިއުކްލިއާ ހަތިޔާރާ ބެހޭ ހަނގުރާމައެއް ނޫނެވެ.
އެއީ 'ސަލާމަތާ' ބެހޭ ކަމެއްވެސް ނޫނެވެ.
މި ހަނގުރާމަ ހިންގަން ހުރި މީހާގެ އަތުގައި ބޮޑުކޮށް ލިޔެފައި އެވަނީ އޭނާގެ އަގީދާއެވެ! މުލައްދަނޑީގައި ޖަހާފައި ވަނީ 'ކަލާނގެ އެދިވޮޑިގަންނަވަނީ މިގޮތަށެވެ' އެކަން އިތުރަށް ތިބާއަށް ސާބިތުކޮށްދޭން ތިބާގެ އަރަބި ބަހުން އޭނާ ޓަޓޫޖަހާފައި ވަނީ އަރަބިބަހުން 'ކާފިރު' މިފަދައިން ފަވައިގެންނެވެ! އަހަރެންނަކަށް ނޫނެވެ! އަހަރެންނަކީ އަޖަމީ އެކެވެ. އެއީ، ތިބާގެ ބަހުން ތިބާއަށް މަލާމާތަކަށެވެ!

އަދިވެސް ވިސްނާކަށް ނުވޭ ހެއްޔެވެ!

ހިއްސާ ކުރައްވާ!