ފުވައްމުލަކަށް އައު ދިރުމެއް، އައު ބަދަލެއް! މޭޔަރު ކަމަށް ޢަލީ މަސީޙު!

ޢަލީ މަސީޙުއަކީ ރަށުގެ ޙާލަތާއި ރައްޔިތުންގެ ވިންދު ރަނގަޅަށް ދަނެ ފަރިތަ ކެންޑިޑޭޓެކެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް އޭނާ ގެނަސްދެއްވަނީ، އެތައް ދާއިރާއިން އަހަރުތަކެއްގެ ތަޖުރިބާތަކެކެވެ. އެއީ ވަށާ ޖެހޭ ތަޖުރިބާތަކެކެވެ.

އޭނާގެ ވާހަކަތަކުގައިވެސް އޮށްޓަރު ހުރެއެވެ. ނަތީޖާ ހާސިލުކޮށް ދައްކާނެ ކަމުގެ ވައުދުތައް އޭނާ ހުށަހަޅުއްވައެވެ.

ޢަލީ މަސީޙުއަކީ ޕީއެންސީގެ ޓިކެޓްގައި ފުވައްމުލަކުގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ ޒުވާނެކެވެ.

އޭނާގެ މައިގަނޑު ވިސްނުމަކީ، އިގްތިސާދީ ފުދުންތެރި، ވިލުންތެރި މުޖުތަމަޢަކަށް ފުވައްމުލައް ހެދުމެވެ. ސާފު ތަސައްވުރަކާއެކު އޭނާގެ މާރެސް ހުށަހަޅައިދެއްވައެވެ.

"ބޭނުން ވަނީ ޕްލޭން ކުރެވިފައިވާ ތަރައްޤީއެއް" ޢަލީ މަސީޙު ވިދާޅުވެއެވެ. އޭނާގެ ތަސައްވުރަކީ މިހާރުގެ ހާލަތު ބަދަލުކޮށްލާށެވެ. އެޑްހޮކް އެކި ދިހަމަތިން ކަންކަން ކުރާ ވައްޓަފާޅި ބަދަލުކޮށްލައި، ވިލަރެސް ކުރެވިފައިވާ ތަރައްގީ ވަށާ ޖެހޭ ތަރައްޤީއެއް ގެންނާށެވެ.

"ޕްލޭން ކުރެވިފައިވާ ތަރައްޤީއެއް ހުށަހެޅޭނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން" ޢަލީ މަސީޙު ވިދާޅުވެއެވެ.

އޭނާގެ ޚިޔާލުތަކަކީ އެބްސްޓްރެކްޓް ޚިޔާލުތަކެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމަކީ އޭނާގެ އަމާޒެކެވެ.

މިކަން ހަގީގަތަށް ހަދައި ވަށައި ޖެއްސުމަށް ޢަލީ މަސީޙުގެ ވިސްނުން ތަފާތު ވެފައި ސާފެވެ.

އޭނާ ވިދާޅުވަނީ ފުވައްމުލަކުގެ ރެޖިސްޓްރީ ވެފައިވާ އާބާދީއަކީ 14 ހާހެއްހައި މީހުންވެ. އަދި ރަށުގައި 9 ހާހެއް ހައި މީހުން ދިރިއުޅެ އެވެ. އެކަމަކު، އިގްތިސާދީ މަންފާ އޭގެ ފުރިހަމަ ގޮތުގައި ރަށަށް ލިއްބައި ދިނުމަށްޓަކައި، އޭނާ ވިދާޅުވަނީ، ރަށުގައި ދިރިއުޅޭ އާބާދީ 15 ހާހާއި 20 ހާހަށް ގެންދަން ޖެހޭ ކަމަށެވެ.

In Fuvahmulah, a Mayoral Hopeful Pitches a Future Built on Planning, Not Patchwork

މިވިސްނުން ނަތީޖާއަކަށް ބަދަލުކޮށްލާނެ ގޮތައްވެސް އޭނާ ވިދާޅުވެ ދެއްވައެވެ. އޭނާ ދެކެވަޑައިގަންނަނީ ވިޔަފާރިތަކަށް ފުރސަތު ފަހިވުމަކީ، މީހުންގެ މެދުގައި ފުވައްމުލައް މަޤްބޫލުވާނެ ކަމެކެވެ. އަދި އޭގެ އިތުރުން ފުވައްމުލަކަކީ އެޑިއުކޭޝަނަލް ހަބަކަށް ހެދުމަކީ މި ތަޞައްވުރުގެ ބައެކެވެ. އަދި އެފަދަ ކަންކަމަށް ސަމާލުކަން ދީގެން ރޭވިފައިވާ ގޮތަކަށް މަސައްކަތް ކޮށްފިނަމަ ނަތީޖާ ޙާސިލުކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެއެވެ.

ޢަލީ މަސީޙުގެ މި ވިސްނުން އަންނަނީ އޭނާގެ ތަޖުރިބާއިންނެވެ. އެމްބީއޭ ފުރިހަމަކުރައްވާފައިވާ ޢަލީ މަސީހަކީ، ލެކްޗަރާއެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި 11 އަހަރުގެ ތަޖުރިބާއެވެ. އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް 10 އަހަރު ހޭދަކުރައްވާފައެވެ. އަދި 12 އަހަރު ވަންދެން، ކައުންސިލްގެ އިސް މަގާމުތަކުގައި އުޅުއްވުމުން އޭނާގެ އިދާރީ ތަޖުރިބާއަށްވެސް މުއްސަނދިކަމެއް ގެނަސްދީފައި ވެއެވެ. މީގެ އިތުރުން އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާން އިންވެސްޓަރެކެވެ.

ފުވައް މުލަކުގެ ތަރައްގީ އައު ހަރުފަތަކަށް ގެންދިއުމަށް އަޒުމު ކަނޑައަޅުއްވައިގެން އަލީ މަސީޙު ކެމްޕޭން ކުރައްވާއިރު އޭނާ ފާހަގަ ވަނީ ނަތީޖާ ޙާސިލު ކުރެވޭފަދަ ކަންކަމާ މެދު ވިސްނަވާ އަދި އެފަދަ ކަންކަން ހުށަހަޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވަނީ ޓްރާންސްޕޯޓު ގެ ދާއިރާ ވަރުގަދަކޮށް އެކަހެރި ފުވައްމުލައް އެހެން ތަންތަނާ ގުޅުވާލުމަކީ އޭނާގެ ވިސްނުމެއް ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ޓޫރިޒަމް ޒޯނު ޑިވެލޮޕްކޮށް އައު ހަރުފަތަކަށް ރަށުގެ ފަތުރުވެރިކަން ގެންދިއުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ މަސައްކަތުގެ އަސާސެކެވެ.

ޢަލީ މަސީޙު ވަނީ އޭނާގެ ކެމްޕޭން އޮފީސް އިފްތިތާޙު ކުރައްވާފައެވެ. މި ޙަފްލާ ރޭ ޝަރަފްވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި ޙަފްލާގައި ފުވައްމުލަކުގެ އެމްޕީންނާއި މާލޭގެ އެމްޕީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!